މެންބަރު ފާރިސް މައުމޫން ތިންވަނަ ފަހަރަށް ހައްޔަރު ކޮށްފި

ފުލުހުން މީގެ ކުރިންވެސް ތަހުގިގު ކުރަމުން އަންނަ މައްސަލާގައި ތިން ވަނަ ފަހަރަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ހައްޔަރު ކޮށްފިއެވެ.
ތިން ވަނަ ފަހަރަށް ފާރިސް ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅުއްވަމުން ގެންދަވާ މ. ސްނޯރޯޒްގައި ހުންނަވަނިކޮށް މިއަދު ހަވީރު އެވެ.
ވަކީލުން ވިދާޅުވި ގޮތުގައި ފާރިސް އަލުން ހައްޔަރުކޮށްފައިވަނީ ކުރިން ވެސް ފާރިސްގެ މައްޗަށް ކޮށްފައިވާ ތުހުމަތުގައެވެ. އެއީ މިދިޔަ މެއި މަހުގެ ތެރޭގައި މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ކުރާ ތުހުމަތާ ގުޅިގެންނެވެ.
ފާރިސް މިއަދު ހައްޔަރުކޮށްފައިވާ އިރު ބައްޕާފުޅު ރައީސް މައުމޫން އަބްދުލް ގައްޔޫމު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ރައީސް މައުމޫންގެ މައްޗަށް ވެސް ދަނީ ސަރުކާރު ވައްޓާލަން އުޅުމާއި ފަނޑިޔާރުންނަށާއި މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތު ކޮށްފައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައިވަނީ ހަމަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އޭގެ ދެދުވަސް ފަހުން ވެސް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ