ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ޝަރީއަތް ހިންގާ މައްސަލާގައި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ފާޑު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލިސް ކުރާގެއަށް ވެންނެވި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހުގެ މެންދުރުފަހު 3:00 އަށް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.
މިކަމަށް އިޝާރާތް ކުރައްވާ ކުރީގެ ރައީސް މަޢުމޫން ވަނީ، ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމް ބިނާވެފައިވަނީ ބާރުތައް ވަކިވެފައިވާ ނިޒާމަކަށް ކަމަށް ވިދާޅުވެ، 12 މެމްބަރެއްގެ މައްޗަށް ގަނޑުކޮށް ޝަރީއަތް ހިންގުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަކީ ތިން ބާރު ވަކިވެފައިވާ ސިޔާސީ ނިޒާމަކާއި ފުށުއަރާ، ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށް ދޭހަވާފަދަ މޭރުމަކުން ޓްވީޓް ކުރައްވާފައެވެ.
Maldives has a political system based on separation of powers. Yet 12 opposition MPs are summoned en masse to Criminal Court. Outrageous!!!
ރައްޔިތުންގެ މަޖިލިސް ކުރާގޭގެ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، މަޖިލިސް ކުރާގެ އަށް ޖުލައި މަހުގެ 24 ވަނަ ދުވަހު ވަން މައްސަލާގައި އެމަޖިލީހުގެ ގިނަ މެމްބަރުންތަކެއް ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ހިންގާފައިވެއެވެ. މީގެ ތެރެއިން 12 މެމްބަރެއްގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ މިދިޔަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ދައުލަތުން އުފުލާފައިވެއެވެ.
ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ:
މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. ކްރިމިނަލް ކޯޓުގައި އެދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމަށް ފަހު، މައްސަލައާއިގެން ކުރިއަށް ދިއުމަށްޓަކައި ވަކީލުން އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މެމްބަރުންނަށް ޝަރީއަތް ހިންގާ މައްސަލާގައި ރައީސް މައުމޫން ފާޑު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ