މެމްބަރު ނަޝީދުގެ މައްސަލަ ޕީޕީއެމަކުން ނުބެލި!

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިހުގައި ނެގި ވޯޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދު ތްރީ ލައިން ވިޕާ ޚިލާފުވެވަޑައިގެންނެވި މައްސަލަ ނުބަލަން އެ ޕާޓީން ނިންމައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހު އިއުލާންކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ދަންމަން، މަޖިލީހުގެ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 38 މެމްބަރަކު ވޯޓު ދިނެވެ. ބައެއް އިސްލާހުތަކާ އެކު، އެ ގަރާރު ފާސްކުރި ގަޑީގައި ނަޝީދު ތަޅުމުގައި އިންނެވި ނަމަވެސް އެއްވެސް ވޯޓެއްގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެކަމަކު ޕީޕީއެމް/އެމްޑީއޭ އިން ވަނީ އެ ގަރާރު ފާސްކުރަން ތްރީލައިން ވިޕެއް ނެރެފަ އެވެ.
Miadhuge vote gai Nasheed baiverivevadai nugennevi
Mihaaru
ޕީޕީއެމްގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ނަޝީދު، ވިޕާ ޚިލާފުވެވަޑައިގެންނެވި މައްސަލަ ބަލަން އެއްވެސް ބަޔަކު ނޫޅޭ ކަމަށެވެ. އަދި އެއީ "މާ ބޮޑު މައްސަލައަކަށް ވެގެން ނޫޅޭ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު މީގެ ކުރިން ތްރީ ލައިން ވިޕާ ހިލާފުވެގެން މެމްބަރުންނާ މެދު ޕީޕީއެމުން ފިޔަވަޅު އަޅާފައިވެ އެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ މުގައްރިރު އަދި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ނަޝީދުގެ މައްސަލައެއް، ކޮމިޓީއަށް ހުށަހަޅައި އަދި ބަލަމުންދާ ކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ކަންކަން ނިމެންދެން ޕީޖީ ގްރޫޕާ އެކު ނަޝީދު، މަޖިލީހުގައި މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ނަޝީދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަންކަން މީޑިއާ މެދުވެރިކޮށް ހިއްސާކުރުމުގެ ބަދަލުގައި، ޕީޖީއާ ހިއްސާކުރައްވާފައިވާތީ އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައި ނުވާ ކަމަށް ނިހާނު ވިދާޅުވި އެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން، މެމްބަރުން ތްރީލައިން ވިޕާ ޚިލާފަށް ވޯޓު ދެއްވައިފި ނަމަ، އެ މައްސަލަ ބަލާނީ ސުލޫކީ ކޮމެޓީންނެވެ. ސުލޫކީ ކޮމެޓީއަށް ލިބޭ ބާރުގެ ދަށުން ބައެއް މެމްބަރުން މީގެ ކުރިން ޕާޓީން ވަކިކޮށްފައިވެ އެވެ. އަދި މެމްބަރުންނަށް އިންޒާރު ދިނުމާއި، މައާފަށް އެދުމާއި ބޮޑެތި ކޮމެޓީތަކުން އާދައިގެ ކޮމެޓީތަކަށް ބަދަލުކުރުން ފަދަ ކަންކަން ކުރެ އެވެ.
ގަރާރާ ބެހޭ ގޮތުން މަޖިލިހުގައި ކުރި ބަހުސުގައި ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި ކޯޓުތަކުގެ ބާރުތައް އިޔާދަކުރަން ނަޝީދު ގޮވާލެއްވި އެވެ. އަދި ގަރާރު ފާސްކުރިއިރު، ކޯޓުތަކުގެ ބާރުތަކާއި މަޖިލީހުގެ ބައެއް ބާރުތައް އިއާދަކުރަން ހިމަނާފައިވެ އެވެ.
Emergency gai ves majileehaa court thakuge baareh nuhifehetteyne: MP Nasheed
Mihaaru
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ