ވަކީލެއް އައްޔަން ކުރަން މެމްބަރު އަލީ ހުސައިންއަށް ދެ ދުވަހުގެ ފުރުސަތެއް ކޯޓުން ދީފި

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން، މައްޗަށް ދައުލަތުން ކުރާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން ގާނޫނީ ވަކީލެއް އައްޔަން ކުރެއްވުމަށް އަނެއްކާވެސް ފުރުސަތެއް ކޯޓުން ދީފި އެވެ.
އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އެމައްސަލައިގެ އިބްތިދާއީ ދެވަނަ އަޑުއެހުމުގައި  މިމައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަކީލަކު ހަމަޖެއްސިފައިވޭތޯ އަލީ ހުސައިންގެ އަރިހުން އެހުމުން އަލީ ވިދާޅުވީ އޭނާ ކުރިން އައްޔަން ކުރެއްވި ވަކީލުން ހުންނެވީ ސަސްޕެންޑް ކޮށްފަ ކަމަށާއި، އެހެންކަމުން މިއަޑު އެހުމަށް ވަޑައިގެންނެވުމަށް މިދިއަ ބުރާސްފަތި ދުވަހު ޗިޓް ލިބުމުން އެހެން ވަކީލަކާ ވާހަކަ ދައްކާލާފައިވާ ކަމަށެވެ. އަދި އެ ވަކީލު މިހާރުވަނީ ހަމަޖެހިފައި ކަމަށާއި ނަމަވެސް އާދިއްތަ ދުވަހުގެ އަޑުއެހުމަށް ވަކީލަށް ވަޑައިނުގެންނެވުނީ ކޯޓަށް ހުށަހެޅިފައި ނުވާތީ ކަމަށާއި އެހެންކަމުން ދެން ޝަރިއަތަށް ހާޒިރުވާނީ ވަކީލަކާއެކު ކަމަށް އަލީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ވަކީލެއް އައްޔަން ކުރެއްވުމަށް ދެ ދުވަހުގެ ފުރުސަތެއް ދެއްވާ ކަމަށެވެ.
ގާޒީ ވިދާޅުވީ މި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ބާއްވާނެ ކަމަށާއި އެދުވަހު ވަކީލަކާއެކު ހާޒިރު ނުވެއްޖެނަމަ އެ މައްސަލަ ކުރިއަށް ގެންދަވަން ޖެހޭނީ ވަކީލަކާނުލައި އަލީ ހުސެއިން އަމިއްލަ އަށް ކަމަށެވެ. އަދި އެދުވަހުގެ ޝަރީއަތް ކުރިއަށްދާ ގޮތަށް ބަލާފައި މިމައްސަލާގައި ދައުލަތުން ދައުވާކޮށްފައި މެންބަރުންނާއެކު ޝަރީއަތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެ ގާޒީ އާރިފް ވަނީ އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމާލައްވާފަ އެވެ.
އަލީގެ މައްޗަށް ދައުވާކޮށްފައިވަނީ މިދިއަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަތް މައްސަލައާއި ގުޅިގެންނެވެ. މި މައްސަލައާއި ގުޅިގެން 12 މެމްބަރެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އެ މެމްބަރުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
އަލީ ހުސައިންގެ މިމައްސަލާގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިއަ ޑިސެމްބަރު މަހުގެ ފަސް ވަަނަ ދުވަހު އެވެ.
ދައުވާ ކޮށްފައިވާ 12 މެމްބަރުންނަކީ
 
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ