ކޭޝް ކާޑު ބޭނުންކޮށްގެން ފައިސާ ވަގަށް ނެގި މީހަކު ހޯދަނީ

ކޭޝް ކާޑު ބޭނުންކޮށްގެން ފައިސާ ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.
ކޭޝް ކާޑު ބޭނުންކޮށްގެން ފައިސާ ވަގަށް ނެގި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ތ.ގާދިއްފުށި، ޖަވާހިރުމާގެ، ޡަމީނާ އިބްރާހީމް (24އ) އެވެ.
ޡަމީނާ ހޯދަމުން ދަނީ އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް އެ މައްސަލައާއި ގުޅޭ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޡަމީނާ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ