ކާޑް ބޭނުންކޮށްގެން ފައިސާ ވަގަށްނެގި އަންހެނަކު ހޯދަނީ

ކޭޝް ކާޑެއް ބޭނުންކޮށްގެން ފައިސާ ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ތ.ގާދިއްފުށި، ޖަވާހިރުމާގެ، ޡަމީނާ އިބްރާހީމް (24އ) ނަމަކަށް ކިޔާ އަންހެނެކެވެ.
ޡަމީނާ އިބްރާހީމް އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އއ.ރަސްދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9791394 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ ތަފާތު ދެ މައްސަލައެއްގައި ހަތަރު މީހަކު ހޯދުމަށް އިއްޔެވެސް ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ