ގެރިކަތިލުން މަނާކޮށްދޭން އިންޑިއާގެ ސްޕްރީމް ކޯޓުން ދެކޮޅުހަދައިފި

އިންޑިއާގައި ހެރިކަތިލުން މަނާކޮށްދޭން އިންޑިއާގެ ސްޕްރީމް ކޯޓުން ދެކޮޅު ހަދައިފިއެވެ.
އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ގެރިކަތިލުން މަނާކޮށްފައިވާތީ މުޅި އިންޑިއާގައިވެސް މަނާކޮށްދިނުމަށް އެދި މީހަކު ކޯތަށް ހުށަހެޅި މައްސަލައިގައި ސްޕްރީމް ކޯޓުން ބުނީ ގެރި ކަތިލުން ހުއްދަ ކުރުމާއި ނުކުރުމަކީ އެސްޓޭޓެްގެ ކަމެއް ކަމަށެވެ.
"ބޭނުންނަމަ ސްޓޭޓް ތަކުގައި މަނާކުރެވިދާނެ. ހުއްދަވެސް ކުރެވިދާނެ. މުޅި އިންޑިއާއަށް ނިޞްބަތްވާ ގޮތަށް އެއްވެސް އަމުރެއް އެކަމުގަ ނެރެދެވޭކަަށް ނެތް."
ސްޕްރީމް ކޯޓުން މިފަދަ ގޮތަކަށް މައްސަލަ ނިންމީ ގިނަ ސަބަބުތަކެއް ހުރުމުންނެވެ. އެފަދަ އަމުރެއް ނެރެދިންނަމަ އިންޑިއާގެ އިޤްޠިޞާދަށް ކުރިމަތިވެދާނެ މައްސަލަތަކެއް ވެސް ހުރުމުންނެވެ. އެފަދަ އަމުރެއް ނެރެދިން ނަމަ އިންޑިއާގެ 1.3 ބިލިއަން މީހުން ތިބެންޖެހޭނީ ގެރިމަސް ނުކައެވެ.
ހިންދީން ޤަބޫލުކުރާ ގޮތުގައި އިންސާނީ ހަޟާރަތުގެ މަންމައަކީ ގެރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ