ދެވަނަ އިންޓަ ޕްރީ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަހުމަދިއްޔާ ހޯދައިފި

މަދަރުސަތުލް އަހުމަދިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި ދެ ވަނަ އިންޓަ ޕްރީސުކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަހުމަދިއްޔާ ސުކޫލް ހޯދައިފިއެވެ.
ފައިނަލް މެޗް އަހުމަދިއްޔާ ކާމިޔާބު ކުރީ ފަލާހް ޕްރީސުކޫލާ ވަދަކޮށް 2-1 ލަނޑުންނެވެ.
ޖުމްލަ އަށް ޕްރީ ސުކޫލަކުން ވާދަކުރި މިމުބާރާތުގެ މެޗްތައް ކުޅެފައި ވަނީ ހެންވޭރު ފުޓްބޯޅަ ދަނޑުގައެވެ.
މުބާރާތުގައި ވާދަކުރި ސުކޫލްތަކަކީ އަހުމަދިއްޔާ ސުކޫލާއި ގަލޮޅު މަދަރުސާއާއި ހުޅުމާލޭ ޕްރީ ސުކޫލާއި ލާލޭ ޔޫތް އިންޓަނޭޝަނަލް ސުކޫލާއި ފަލާހް ޕްރީ ސްކޫލާއި ޒާއިލިން ޕްރީ ސުކޫލާއި ދޮންދޫނި ޕްރީސުކޫލް އަދި ޝޭހް އަބްދުލް ރަހުމާން ޕްރީ ސުކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ