އިސްލާމިކް ފައިނޭންސް ދާއިރާގެ ޕީ.އެޗްޑީ ފެންވަރުގެ ކޯސްތަކެއް ރާއްޖޭގައި ހިންގުމަށްޓަކައި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް އިން ޔުނިވާރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަހުގެ 24 ވަނަ ދުވަހު ޔުނިވާރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ ގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގަައި އެމް.ސީ.އައި.އެފް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ދީދީ އެވެ. ޔުނިވާރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ ގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާރސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ދާތޯ މޫސާ އަހުމަދު އެވެ.
މި އެއްބަސްވުމުގެ ދަށުން ޔުނިވާރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ (ޔުސިމް)ގެ ޕީއެޗްޑީ އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ރާއްޖޭގައި ހިންގުމަށް އެމްސީއައި އެފްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އަދި އެމްސީއައި އެފްގެ ދަށުން ހިންގާ ސައުތުއޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފައިނޭންސް (ސައިފް) ގައި ކުރިއަަށްގެންދާ އިސްލާމިކް ފައިނޭންސް އާއި ހަލާލް އިންޑަސްޓްރީގެ ސެޓްފިކެޓް އަދި ޑިޕްލޮމާރ ފެންވަރުގެ ކޯސްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން "ޔުސިމް" އިން ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެމްސީއައިއެފްއިން ކުރިއަށް ގެންދަން ބޭނުންވާ ތަފާތު ދިރާސާތަކުގައި ރިސާރޗް ޕާރޓްނާއެއްގެ ގޮތުގައި ޔުސިމް އިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައިވެ.
އެމްސީއައި އެފްގެ މެނޭޖިންގ ޑިރެކްޓާރ އިބްރާހީމް ދީދީ ވިދާޅުވިގޮތުގައި، މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕީއެޗްޑީ ކޯސްތައް މި އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެންދާނެއެވެ. ފުރަތަމަ ޕީއެޗްޑީ ބެޗްގައި ބައިވެރިވެ ފަސް ފަރާތަކުން ކޯސް ކުރިއަށް ގެންދާގޮތަށް ހުރިހާކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށް، ދީދީ ވިދާޅުވިއެވެ.
އިސްލާމިކް ފައިނޭންސް ދާއިރާގެ ޕީ.އެޗްޑީ ފެންވަރުގެ ކޯސްތަކެއް ރާއްޖޭގައި ހިންގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ