ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރ ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއީލް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނަވާ ގޮނޑި ހިސޯރު ކުރައްވައިފިއެވެ.
އޭނާ މި ގޮނޑި ހިސޯރުކުރީ އޭނާ ހުށަހަޅުއްވާފައިވާ ދުންފަތުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށްގެންލިބޭ ފައިސާގެ ފަސް ޕަސެންޓް ޢާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައްހިންގުމަށް އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާހު ހުށަހެޅުއްވުމުން އެއިސްލާހު ބަލައިނުގަތުމުން ކަމަށް މިއަދު ނޫހަށް މަޢުލޫމާތު ދެއްވަމުން މަޖިލީހުގެ މެމްބަރަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ އިސްލާހު ބަލައިނުގަތް ސަބަބުރިޔާސަތުން އަންގާފައިނުވާ ކަމަށާއި މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު، ޖަލްސާ ކުރިއަށް ގެންދެވީ ވަޒީރުން ތިއްބަވާ ތަނުން ގޮނޑިއެއްގައި އިންނަވައިގެން ކަމަށެވެ.
ގަމު ދާއިރާގެ މެމްބަރު މަޖިލީހުގެ ރިޔާސަތުގެ ގޮނޑި ހިސޯރުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ