މައިކްރޮސޮފްޓުން އެޑިއުކޭޝަން ދާއިރާގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް ފަށައިފި

މައިކްރޮސޮފްޓުން އެޑިއުކޭޝަން ދާއިރާގެ މުވައްޒަފުންނަށް ޓެކްނޮލޮޖީއާ ބެހޭ ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
މި ތަމްރީނު ޕްރޮގްރާމަކީ މައިކްރޮސޮފްޓާ އެކު ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ )އެންސީއައިޓީ( އިން ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން ކުރިޔަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.
ދެ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދަން ނިންމާފައިވާ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ސެންޓަ ފޯ ކޮންޓިނިއުއިން އެޑިއުކޭޝަންގެ ބައެއް މުވައްޒަފުންނެވެ. އެ ދެ ތަނުން 30 މީހަކު މި ޕްރޮގްރާމްގައި ބައިވެރިވެފައިވެ އެވެ.
މައިކްރޯ ސޮފްޓްގެ ކަމާ ބެހޭ މާހިރުން ވަޑައިގެން ކިޔަވައިދޭ މި ތަމްރީނު ޮޕްރޮގްރާމްގައި ކިޔަވައިދިނުމަށް ނިންމާފައި ވަނީ "މައިކްރޮސޮފްޓް މަލްޓިޕޮއިންޓް މައުސް މިސްޗީފް ޓެކްނޮލަޖީ" ބޭނުންކުރުމާ ބެހޭ ގޮތުންނެވެ. އެގޮތުން މަލްޓިޕޮއިންޓް ކަރިކިއުލަމް ފަދަ ތަކެތި ހަދާނެގޮތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ވަނީ ނިންމައިފަ އެވެ.
މައިކްރޮސޮފްޓާ އެކު އެންސީއައިޓީ އިން ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާ އިން 1،300 މީހުންނަށް ތަމްރީނު ދިނުމަށް ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ