ހުޅުމާލޭގެ ޔޫތު އިންޓަނޭޝަނަލް ސްކޫލުގެ އެޑްމިޝަން ޓެސްޓް އަންނަ މަހު ބާއްވަނީ

ހުޅުމާލޭގެ ޔޫތު އިންޓަނޭޝަނަލް ސްކޫލު ނުވަތަ ކުރީގެ ފަރީދިއްޔާ ސްކޫލަށް ވަންނަން އެދޭ ކުދިންގެ އެޑްމިޝަން ޓެސްޓް އަންނަ މަހު ބާއްވާ ގޮތަށް އެ ސްކޫލުން ނިންމައިފި އެވެ.
އެ ސްކޫލުން ބުނި ގޮތުގައި އިންޓަނޭޝަނަލް ސްކޫލެއްގެ ގޮތުގައި ފުރަތަމަ ކިޔަވައިދޭން ފަށާއިރު، އެތަނުން ޖާގަ ހޯދަން ބޭނުންވާ ކުދިންނަށް ބާއްވާ އެޑްމިޝަން ޓެސްޓް އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ހެނދުނު 00: 10 ގަ އެވެ. ޓެސްޓް އޮންނާނީ އިސްކަންދަރު ސްކޫލުގަ އެވެ. އަދި އެޑްމިޝަން ޓެސްޓްގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީކުރަންޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ. އެޑްމިޝަންގައި ބައިވެރިވެވެނީ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150ރ. ދެއްކުމުންނެވެ.
އެޑްމިޝަން ޓެސްޓުގައި ކުދިން އިށީންނަންޖެހެނީ އިނގިރޭސި އާއި ހިސާބު އަދި ސައެންސްގެ މާއްދާގަ އެވެ.
ތުރުކީގެ ބިޒް އެޓޯލްސް އިން ހުޅުމާލޭގައި އަންނަ މަހުގެ މެދުތެރޭގައި ހިންގަން ފަށާ، ގާތްގަނޑަކަށް 700 ކުދިންގެ ޖާގައިގެ، އިންޓަނޭޝަނަލް ސްކޫލުގައި މި އަހަރު ކިޔެވުން ފަށާއިރު، 150 ޖާގަ ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ ސްކޫލުގައި މި އަހަރު ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައި ވަނީ ގްރޭޑް 7،6 ގަ އެވެ. އެކަމަކު އަންނަ އަހަރު ގްރޭޑް 6- 12 އަށް ޔޫތު އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވައިދޭނެ އެވެ.
ހުޅުމާލޭގެ ޔޫތު އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވައިދޭން ފަށާއިރު އެތަނުގައި ގިނައިން ކިޔަވައިދޭނީ ޔޫރަޕުގެ ޓީޗަރުން ކަމަށް އެ ސްކޫލުން ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ