ރާއްޖެއަށް ހާއްސަ މުޞްޙަފް ޗާޕްކުރުމަށް ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން ސަދަގާތް ކުރުމަށް އިސްލާމިކް މިނިސްޓްރީން އެދެފިއެވެ.              
އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ ބައިޙްރައިންގެ ޤުރްއާން ކެއާރ ސޮސައިޓީއާއި ކީރިތި ޤުރްއާނާބެހޭ މަރްކަޒާ ގުޅިގެން ރާއްޖެއަށް ޚާއްޞަ މުޞްޙަފެއް ޗާރޕް ކުރުމުގެ ޢަމަލީ މަސައްކަތް މިމަހުގެ 5 ވަނަ ދުވަހު ފެށިފައިވާ ކަމަށާއި މި ޕޮރްގުރާމަކީ އިސްލާމީ އެހެނިހެން ޤައުމަތަކުގައިވެސް އެޤައުމެއްގެ ނަމުގައި އެޤައުމެއްގެ އިސްލާމީ ޝަޚުޞިއްޔަތު ރަމްޒުކޮށް ދިނުމަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އެހެންކަމުން އިސްލާމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން ކީރިތި ޤުރްއާނާބެހޭ މަރްކަޒުން މިކަމަށް މަސައްކަތް ފެށީ ދިވެހި ރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށްވީހިނދު އެހެން ޤައުމުތަކުން ލިބިގެންފައިވާ މަތިވެރި ޝަރަފު މުސްލިމު ދިވެހި މުވާޠިނުންނަށް ހޯދައި ދިނުމުގެ މަތިވެރި މަޤުޞަދުގައި ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
"އެގޮތުން މާތް ﷲ ގެ ވާގިފުޅާއެކު "ކޮންމެ ދިވެއްސަކަށް މުޞްޙަފެއް" މި ޝިޢާރުގެ ދަށުން ދިވެހި ރާއްޖެއަށް ޚާއްޞަ މި މުޞްޙަފެއްޗާޕްކުރެވޭނެއެވެ. މިމުސްޙަފުގެ ބޭރުގަނޑާއި އަދި އެތެރޭގެ އެންމެހާ ކުރެހުންތަކާއި ލޭއައުޓްތަކުގައި ދިވެހި ރާއްޖޭގެ ހުކުރުމިސްކިތުގެ ވަކަރުތަކުގަޔާއި ގައުގަލުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް އެކުލެވިފައިވާނެއެވެ." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އެ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ޗާޕްކުރެވޭނީ އެއްލައްކަ މުޞްޙަފް ކަމަށާއި މުޞްޙަފެއް ޗާޕްކުރުމަށް ހަރަދުވާނީ 50 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެމަޝްރޫއަށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަކޮށް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަންޑެއް ވަނީ ހުޅުވާފައެވެ. މީގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް އެސްއެމްއެސް މެެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތްވަނީ ހަމަޖައްސާފައެވެ.
އެސްއެމްއެސް މެދުވެރިކޮށް ސަދަގާތްކުރަން ބޭނުންވާ ފަރާތްތަކުން 3#535* ޖެއްސެވުމަށްފަހު އެސްއެމްއެސް ކުރުމުން އެމަޝްރޫއަށް އެހީތެރިވެވޭނެއެވެ.
    
    މުޞްޙަފް ޗާޕުކުރުމަށްޓަކައި ރައްޔިތުން ސަދަގާތް ކުރުމަށް އެދެފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            