މީގެ 6 މަސްކުރިން ނައިޖީރިއާގެ ސްކޫލެއްގައި ކިޔަވަން ތިއްބާ އެގައުމުގައި ހަރަކާތްތެރިވަމުން އަންނަ ބޮކޯ ހަރާމް ޖަމާއަތުން ވަގަށް ނަގާފައިވާ 200 އަށް ވުރެ ގިނަ ކުދިން ދޫކޮށްލުމަށް އެ ޖަމާއަތުން އެއްބަސްވެފައިވާ ކަމަށް ނައިޖީރިއާގެ ސަރުކާރުން ބުނެފިއެވެ.
ނައިޖީރިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް އެލެކްސް ބަދީ ވިދާޅުވީ އެ ކުދިން ދޫކޮށްލުމަށް ބޮކޯ ހަރާމް ޖަމާއަތާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި މި އެއްބަސްވުމުގެ ސަބަބުން ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ހަަމަލާތަށް ވެސް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
ބޮކޯ ހަރާމް ޖަމާއަތާއެކު ވި އެއްބަސްވުމަށް އެގައުމުގެ ސިފައިން ފުރިހަމައަށް ބޯލަނބާ ކިޔަމަންވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ބީބީސިން ގެނެސްދޭ ޕްރޮގްރާމެއް ކަމަށްވާ "ފޯކަސް އޮން އެފްރިކާ" ޕްރޮގްރާމްގައި ވާހަކަދައްކަމުން ނައިޖީރިއާގެ ރައީސް ގުޑްލަން ޖޮނަތަންގެ ސެކެޓްރީ ހަސަން ޓާކޫރް ވިދާޅުވީ ބޮކޯ ހަރާމްއާއެކު އެއްބަސްވުމަކަށް އައިސްފައިމިވަނީ ގިނަ ދުވަސްތަކެއްގެ މަޝްވަރާތަކަށް ފަހުކަމަށެވެ.
"އެމީހުން ވަނީ އެއްބަސްވެފަ އެ ކުދިންތަށް ދޫކޮށްލާނެ ކަމުގެ. އަހަރެން ހީކުރަން އެގޮތަށް އެމީހުން އަމަލުކުރާނެ ކަމަށް" ޓާކޫރް ވިދާޅުވި އެވެ.
ނައިޖީރިއާގެ ސަރުކާރުން މިކަން ހާމަކޮށްފައިވާއިރު މިކަމާ ގުޅޭގޮތުން ބޮކޯ ހަރާމް ޖަމާއަތުން އަދި އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.
2009 ވަނަ އަހަރުން ފެށިގެން ނައިޖީރިއާގަ ހަރަކާތްތެރިވަމުން އަންނަ ބޮކޯ ހަރާމް ޖަމާއަތުން މިއަހަރުގެ މިހާތަނަށް ވަނީ 2000 ހާއެއްހާ މީހުން މަރަލާފާއެވެ.
ނައިޖީރިއާ އިން ވަގަށް ނެގި ސްކޫލް ކުދިން ދޫކޮށްލުމަށް ބޮކޯ ހަރާމުން އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ