މީޑިއާ ކައުންސިލްގެ އިންތިހާބު މިއަދު ހަވީރު ބާއްވަނީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބު މިއަދު ހަވީރު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި އިންތިހާބު އޮންނާނީ މިއަދު ހަވީރު 4:00 އިން ފެށިގެން 5:00 އަށް ސޯޝަލް ސެންޓަރުގައިއެވެ.
މީޑިއާ ކައުންސިލްގެ އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ނަމަވެސް ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ފޯމުތަކުގައި ގިނަ އަދެދެއްގެ މައްސަލަތައް ހުރުމާއެކު، އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާ ހުށަހަޅާފައިވާތީ ހޯމް މިނިސްޓްރީން ވަނީ އިންތިހާބު ނޮވެމްބަރު މަހަށް ފަސްކޮށްފައެވެ.
މީޑިއާ ކައުންސިލަށް އިންތިހާބު ކުރާނީ 15 މެންބަރުންނެވެ. އެއީ މީޑިއާ ތަކުން ހޮވާ އަށް މީހުންނާ އާންމުންގެ ފަރާތުން އިންތިހާބުކުރާ ހަތް މީހުންނެވެ.
މި އިންތިހާބުގައި ވާދަކުރުމަށް 40 ފަރާތަކުން ކުރިމަތިލާފައިވާއިރު ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 59 ފަރާތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ