ރައްޔިތުންގެ މަޖިލީސް: ތޮއްޑޫ ދާއިރާގެ މެންބަރު ނުކުންނެވުމަށް އަންގަވައިފި

މިއަދު ބާއްވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ތަޅުން ހޫނުވެ، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ޖަލްސާ ދޫކުރައްވައި ނުކުންނެވުމަށް އަންގަވައިފި އެވެ.އަލީ ވަހީދު ދައުވާ ކުރައްވަމުން އަންނަނީ ޑީއާރުޕީގެ މެންބަރަކު ވާހަކަ ދައްކަވަމުން އަންނަކިކޮށް ގަޔަށް އަތްލެއްވީ ކަމަށެވެ.މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ހުޅުހެންވޭރު ދާއިރާގެ މެންބަރު ޑީއާރުޕީގެ މެންބަރަކު ވާހަކަ ދައްކަވަނިކޮށް ގައިގައި އަތް ލެއްވި ކަމަށް ބުނާ މައްސަލަ މަޖިލީހުން ބައްލަވާނެ ކަމަށެވެ.މަޖިލީހުގެ މަންޒަރުތައް ރެކޯޑް ކުރާ އެމްއެންބީސީގެ ކެމަރާމަން، ހުޅުހެންވޭރު ދާއިރާގެ މެންބަރު ޑީއާރުޕީގެ މެންބަރެއްގައި އަތްލެއްވި ކަމަށް ބުނާ މައްސަލަގައިގެ ވީޑިއޯއެއް ނުދައްކަ އެވެ. ނަމަވެސް އަލީ ވަހީދު މަޖިލީސް ތެރޭގައި ކޮޅުކޮޅަށް ހިންގެވި މަންޒަރު ދެއްކި އެވެ.ޖަލްސާ ކުރިއަށް ގެންދަވަން ފެއްޓެވީ އަލީ ވަހީދު ނުކުންނެވުމުންނެވެ. އަލީ ވަހީދު ނުކުންނެވީ ރިއާސަތުން އެ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ