ފެމިލީ ކޯޓު ވަގުތީ ގޮތުން ހިންގުން ގާޒީ މާހިރުއާ ހަވާލުކޮށްފި

ފެމިލީ ކޯޓު ވަގުތީ ގޮތުން ހިންގުން އެ ކޯޓުގެ ގާޒީ އިބްރާހީމް މާހިރުއާ ހަވާލުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، ފެމިލީ ކޯޓު ވަގުތީ ގޮތުން ހިންގުން ގާޒީ މާހިރުއާ ހަވާލުކުރީ އެ ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި ހުޒައިފާ މުހައްމަދު އިއްޔެއިން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ތިން މަގާމުގެ ތެރެއިން އެއް މަގާމަށް ހުޒައިފާ އައްޔަންކުރެއްވި އިރު، އޭނާއަކީ އަންހެން ފަނޑިޔާރުންގެ ތެރެއިން ސުޕީރިއާ ކޯޓެއްގެ އިސް ގާޒީގެ މަގާމަށް އައްޔަންކުރެއްވި ފުރަތަމަ ގާޒީ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ