ކޮންމެ އަހަރެއްގެ ދިރާސީ އައު އަހަރު ފެށުމާއެކު، ސްކޫލް ފޮތްލިސްޓް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުންނާއި ބެލެނިވެރިން ދަތުރުކޮށް ފިހާރަތަކަށް ބާރުބޮޑުވެ ކިއުގައި ޖެހެންޖެހޭ ޖެހުމަށް އުރީދޫއިން ހައްލެއް ގެނެސްދީފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަން މެދުވެރިކޮށް ބުކްޝޮޕްތަކުން ހިލޭ ދޫކުރާ ފޮތްލިސް ފަސޭހަކަމާއެކު ގޭގައި ތިބެގެން އޯޑަރުކޮށްލައި ގެއަށް ޑެލިވަރ ކޮށްލުމުގެ ފަސޭހަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ހޯދައިދިނުމަށް އުރީދޫ މޯލްޑިވްސް އާއި ނޮވެލްޓީ ބުކްޝޮޕުން ޕަރޓްނާޝިޕެއް ހަދާ، "ބެކް ޓު ސްކޫލް" އޮފަރ އެއް ވަނީ ތައާރަފްކޮށްފައެވެ.
މި ޕާޓްނަރޝިޕްގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލެނިވެރިންނަށް ކޮންމެތާކުން އަދި ކޮންމެ ވަގުތެއްގައިވެސް، މޫލީ މެދުވެރިކޮށް އޮންލައިންކޮށް ފޮތްލިސްޓް އޯޑަރކޮށްލެވި، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރކޮށްދެވޭނެއެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މޫލީ މެދުވެރިކޮށް އޯޑަރު ކުރާ ކަސްޓަމަރުންނަށް ފޮތްލިސްޓްގެ އިތުރުން ބެކްޕެކް، ސްޓިކާ ޕެކް، ސެލޯފިން އަދި ނޭމް ޓެގް ހިމެނޭ ހާއްސަ ގިފްޓް ޕެކެއް ލިބިގެންދާނެ ކަމަށް އުރީދޫ އިިން ބުނެއެވެ. މޫލީ މެދުވެރިކޮށް ފޮތްލިސްޓް ބައްލަވައިގަތުމަށް މޫލީ ވެބްސައިޓްގެ ބުކްސް އެންޑް ސްޓޭޝަނަރީ ކެޓަގަރީގެ ދަށުން ސްކޫލަށް ބޭނުންވާ ސާމާނު ފެނިވަޑައިގަންނަވާނެއެވެ.
ޗެކް-އައުޓް ކުރާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ވައުޗަރ ކޯޑާއި ސްޓޫޑެންޓް އައިޑީ ކާޑު ނަމްބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖަހާލަންޖެހޭނެއެވެ. އޯޑަރުކުރާ ތަކެތި ޑެލިވަރ ކުރުމުން، އެ ފޮތްލިސްޓް އޯޑަރުކުރުމަށް ބޭނުންކޮށްފައިވާ ވައުޗަރު، ޑެލިވަރ ކުރާ ފަރާތާ ހަވާލުކޮށްލަންޖެހޭނެއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިލޭ ފޯރުކޮށްދޭ ފޮތްލިސްޓާއި ސްޓޭޝަނަރީގެ އިތުރުން، އިތުރު ސްޓޭޝަނަރީ ބޭނުންފުޅުވާ ބެލެނިވެރިންނަށް ގޯލްޑް ނުވަތަ ޕްލެޓިނަމް ޕެކޭޖަށް އޯޑަރު އަޕްގްރޭޑް ކުރެވޭނެއެވެ.
މިޕެކޭޖުތަކުގައި ފޮތްލިސްޓްގެ އިތުރުން މެޕްޑް ކަލަރ، ޕެޕްސް ވޯޓަރކަލަރ، މެޓަލް ސެޓް 24 ކުލަ، ފެބަރ-ކަސްޓެލް ވޯޓަ ކަލާ ޓިއުބް، ކެމަލް އާޓިސްޓް އޮއިލް، ސްޓެޑްލަރ އެރްގޯސޮފްޓް ކަލަރ ޕެންސިލް ފަދަ ޕްރިމިއަމް ބްރޭންޑްތަކުގެ ޕްރިމިއަމް ސްޓޭޝަނަރީތައް ހިމެނެއެވެ. މި ޕެކޭޖުތަކުގައި ހިމެނޭ ތަކެތި ކަނޑައެޅިފައިވަނީ ފޮތްލިސްޓް ބައްލަވައިގަންނަ ގްރޭޑަށް އެކަށޭނެހެން ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ޙުސައިން ނިޔާޒް ވިދާޅުވީ، އުރީދޫއިން ނޮވެލްޓީ ބުކްޝޮޕާއެކު ޕާޓްނާޝިޕެއް ގާއިމްކުރީ ކުރިއަށް އޮތް ދިރާސީ އަހަރަށް ތައްޔާރުވަމުން އަންނަ ބެލެނިވެރިންނަށް އޮންލައިން ފޮތްލިސްޓަށް އޯޑަރކޮށް ކޮށްލުމުގެ ލުއިފަސޭހަގޮތް ފަހި ކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.
އުރީދޫ އަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އަބަދުވެސް ލުއިފަސޭހަގޮތް ހޯދައިދެވޭނެ ގޮތްތައް ބަލާ، އައު ކަންތައްތަކާއިއެކު ހުރިހާ އުމުރެއްގެ މީހުންނާއިވެސް ގުޅޭ އެކިއެކި ކަންކަން ދިވެހި މުޖުތަމައުއަށް ތައާރަފްކުރާ ކުންފުންޏެކެވެ.
އުރީދޫއިން "ބެކް ޓު ސްކޫލް" އޮފަރ ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ