މާފަންނުގެ ބައެއް ސަރަޙައްދުތަކުން މެންދުރުފަހު ކަރަންޓް ކެނޑޭނެ: ސްޓެލްކޯ

ޓްރާންސްފޯމަރ އަޕްގްރޭޑިންގ މަސައްކަތްތަކެއް ކުރުމަށް މާފަންނުގެ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓް ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަނީ މިއަދު މެންދުރުފަހު 13:00 އިން 15:45 އާއި ދެމެދު މާފަނުންގެ 6 ސަރަޙައްދަކުން ކަރަންޓް ކެނޑޭނެކަމަށެވެ. އަދި އެ ސަރަހައްދުތަކުން 45 މިނެޓެއްހާއިރަށް ކަރަންޓު ޚިދުމަތް މެދުކެނޑޭނެކަމަށް އެކުންފުނިން ބުނެއެވެ. މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން އެކުންފުނިން ވަނީ މަޢާފަށް އެދިފައިވެއެވެ.
މާފަންނުން މިއަދު ކަރަންޓް ކަނޑާލެވޭނެ ސަރަހައްދުތަކަކީ މާފަންނުގެ އިއްޒުއްދީން މަގާއި، މަޖީދީމަގު، މުނިޔަމަގު، ހަނދުވަރީ ހިނގުން، ޝަހީދު އަލީ ހިންގުމާއި، ފުލޫނިޔާ މަގުގެ އިތުރުން ހަވީރީ ހިނގުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ