ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވާ ތާރީޚް ފަސްކޮށްފިއެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ބައި-އިލެކްޝަން ބާއްވަން ކުރިން ކޮމިޝަނުން ނިންމާފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހުގައި ކަމަށާއި ނަމަވެސް މިހާރު އިންތިޚާބު ބާއްވާ ދުވަސް ފަސްކޮށްފައިވާ ކަމަށެވެ.
އިންތިޚާބު ބާއްވާ ދުވަސް ފަސްކުރީ އެ ދުވަހު އެމްޑީޕީގެ އެތެރޭގެ ބޮޑު އިންތިޚާބެއް ބާއްވަން ނިންމާފައިވާތީ އެ ދުވަހު އިންތިޚާބު ބާއްވައިފިނަމަ އިންތިޚާބު ބޭއްވުމަށް އިދާރީގޮތުން ދަތިތަކެއް ކުރިމަތި ވެދާނެތީ ކަމަށް ފުއާދު ވިދާޅުވިއެވެ.
އެހެންކަމުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ދެން ބާއްވާނީ މެއި މަހުގެ 16 ވަނަ ދުވަހުގައި ކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
އަދި އިންތިޙާބަށް ވާންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުން ކަމަށް ފުއާދު ވިދާޅުވިއެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާގެ މެމްބަރު އައިމިނަތު އީމާން ނިޔާވުމާއި ގުޅިގެންނެވެ.
ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީސީ ބައި-އިލެކްޝަން ބާއްވާ ތާރީޚް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ