މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ނިންމައި، ވޯޓު ގުނުން މިހާރު ކުރިއަށްދާ އިރު، އެ ދާއިރާގެ ތިން ރަށުގެ ތާއީދުވެސް އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ)އަށް ދީފި އެވެ.
މިހާތަނަށް 6 ފޮށްޓެއްގެ ވަގުތީ ނަތީޖާ ލިބިފައި ވާއިރު، ކުރީގައި އުޅެނީ އެމްޑީޕީގެ ކެންޑިޑޭޓު ރާޝިދެވެ.
މަރޮށީ ފޮށީ
ކޮމަންޑޫ ވޯޓު ފޮށި 1 އަދި 2
ފޯކައިދޫ ވޯޓު ފޮށި 1 އަދި 2
މާލޭ ވޯޓު ފޮށި 2
މި އިންތިހާބުގައި ބަހައްޓާފައި ވަނީ ޖުމުލަ 7 ވޯޓު ފޮށްޓެވެ. އެއީ ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި ދެފޮށި، މަރޮށީގަައި އެއް ފޮށި އަދި މާލޭގައި ދެ ފޮށްޓެެވެ. މާލޭގައި ބަހައްޓާފައި ހުރި އެއް ފޮށީގެ ވަގުތީ ނަތީޖާ އަދި ނުލިބެއެވެ.
މި އިންތިހާބުފައި ވޮޓު ލުމުގެ ހައްގު ލިބިގެން ވަނީ 3،309 މީހުންނަށެވެ.
ތިން ރަށުގެ ފުރިހަމަ ތާއީދާއެކު ކޮމަންޑޫ ދާއިރާގެ ގޮނޑި ރާޑޯއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ