ބޮޑުއީދު ދުވަހާއި ވަޅުއީދު ދުވަސް މޫސުން ގޯސް

އަންނަ ބޮޑުއީދު ދުވަހާއި ވަޅުއީދު ދުވަސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓްއޮފީސް) އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވެ އެ ދުވަސްތަކުގައި ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަންނަ ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ރަނގަޅުވާނެ ކަމަށާއި ނަމަވެސް ބައެއް ސަރަހައްދު ތަކަށް ދޭތެރެއަކުން ވާރޭވެހޭނެ ކަމަށް ވެސް ލަފާކުރެއެވެ.
މި ހަފްތާގެ ތެރޭގައި މޫސުން ވަރަށް ބޮޑަށް ގޯސްވެ ރާއްޖޭގެ ބައެއް ރަށްތަކަށް ވަނީ އުދަ އަރާ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
މޫސުން ގޯސްވެފައިވާތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ