ހިޔާ ފުލެޓު ހައްގުވެރިންގެ ލިސްޓު ސަރުކާރުން ހާމަކުރާ ގޮތަށް ޑރ.މުޢިއްޒު ފާޑުވިދާޅުވެއްޖެ

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ބިނާކުރި 7،000 ފުލެޓު ހައްގުވާ ފަރާތްތަކުގެ ލިސްޓު މި ސަރުކާރުން ހާމަކުރަމުންދާ ގޮތާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބުރައީސް ޑރ.މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޑރ.މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ފާހަގަކުރެއްވީ ސަރުކާރުން ލިސްޓު ނެރެމުންދަނީ ފުލެޓު ލިބުމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ލިސްޓުގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެހެން އިއުލާނެއްގައި ކޮންމެ ކެޓަގަރީއަކުން ދެނީ ކިތައް ފުލެޓުކަން ސަރުކާރުން ހާމަކޮށްފައިވާ ކަމުގައިވެސް ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ. Misarukaarun Hiyaa flat thakah "Sharuthu hamavaa" meehunge gothugai list thah nerunas vaki iulaan eh koffaivey dhenee kithah flat kan bayaankoh. Iulaankoffaivaa list thakugai ebeyfulhegge tharutheeb number e adhadhavvure dhashugaivaa evves beyfulhakah flat eh nulibey...(1/2) pic.twitter.com/zBO7E9XMSH— Dr Mohamed Muizzu (@MMuizzu) October 1, 2020ޑރ.މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރު ސަރުކާރުން އިއުލާނުކުރަމުންދާ ފުލެޓުތަކަށް ޝަރުޠު ހަމަވި ފަރާތްތަކުގެ ލިސްޓުގައި، ކެޓަގަރީތަކުން ފުލެޓު ލިބޭ ޢަދަދު ކަމަށް ސަރުކާރުން ބަޔާންކޮށްފައިވާ ޢަދަދަށްވުރެެ ތިރިން ތަރުތީބު ނަންބަރު ލިބިފައިވާ އެއްވެސް ފަރާތަކަަށް ފުލެޓު ނުލިބޭނެއެވެ. އޭގެ އިތުރަށް އޭގެ މިސާލެއްވެސް ޑރ.މުޢިއްޒުވަނީ އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވިދާޅުވެދެއްވާފައެވެ. އެގޮތުން އެޗް-8 ލިސްޓު ނުވަތަ މާލެ ރަށްވެހިންގެ ކެޓަގަރީގައި 1773 ވަނަ ނަންބަރަށްވުރެ ފަހަތުން ތަރުތީބުވެގެން އަންނަ ނަންބަރެއް ލިބިވަޑައިގެންފައިވާ އެއްވެސް ބޭފުޅަކީ ފުލެޓު ލިބިވަޑައިގަތް ބޭފުޅެއް ނޫންކަމުގައި މުޢިއްޒު ވިދާޅުވިއެވެ. މި ސަރުކާރުން ޝަރުޠު ހަމަވާ މީހުންގެ ލިސްޓުގެ ގޮތުގައި ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ހާމަކުރުމުގެ ސަބަބުން، ރައްޔިތުންނަށް މިކަން ވަމުންދާ ގޮތް ވަރަށް ބޮޑަށް އޮޅެމުންދާ ކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމުގައިވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. މި ސަރުކާރުންވަނީ ހިޔާ މަޝްރޫޢުގެ ދަށުން ބިނާކުރި ފުލެޓުތައް ކުރީ ސަރުކާރުން ދިނީ ރަނގަޅަށް ނޫން ކަމުގައި ބުނެ، ފުލެޓު ކޮމިޓީއެއް އެކުލަވައިލާ ލިސްޓުތައް އަލުން ތަރުތީބުކޮށްފައެވެ. އެއާއެކު ކުރީ ސަރުކާރުން ފުލެޓު ދިނުމަށް ކަނޑައަޅާފައިވާ އަދަދުތައް ބަދަލުކޮށް ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނަށް ދިން ފުލެޓުގެ ޢަދަދު މަދުކޮށް މާލެ ރަށްވެހިންނަށް ދޭ ފުލެޓުގެ ޢަދަދު ސަރުކާރުންވަނީ 70 އިންސައްތަ އިތުރުކޮށްފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ