ކްރިމިނަލް ކޯޓުން ބޭރުކޮށްލި ހަތް ދައުވާއެއްގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތަޢާވަލްކޮށްފި

މިދިއަ ޖުލައި މަހުގެ 14 ވަނަ ދުވަހު ކުރީގެ ނައިބުރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި އޮއްވާ ބޭރުކޮށްލީ 7 ދަޢުވާކަމަށްވާ ހިޔާނާތް ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރައްވެއްވުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ހައިކޯޓުގައި ބާއްވަން ޝެޑިއުލަށްލައިފި އެވެ. ޝަރީއަތުގެ އެ އަޑުއެހުން އޮންނާނީ މެންދުރު ފަހު 2:00 ޖަހާއިރު އެވެ.
މި މައްސަލައިގެ އަޑު އެހުންތައް މިހާރު ނިންމާލާފައިވާއިރު ބެލެވޭ ގޮތުގައި އިތުރުކަމެއް ސާފުކުރަން ނެތްނަމަ ދެންއޮންނާނީ މައްސަލާގެ ޙުކުމްކުރުންކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ