ކަރަންޓުގެ އަގާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ސްޓެލްކޯގައި ހާއްސަ ކައުންޓަރެއް ބަހައްޓައިފި

ކަރަންޓު ބިލުތަކާއި ގުޅުންހުރި ޝަކުވާތައް ބަލައިގަތުމަށް ސްޓެލްކޯގައި ހާއްސަ ކައުންޓަރެއް ބަހައްޓައިފި އެވެ.
ސްޓެލްކޯގެ މައި އޮފީހުގައި ބަހައްޓާފައިވާ މިކައުންޓަރާ ގުޅޭގޮން އެކުންފުނިން ބުނީ މިފަދަ ކައުންޓަރެއް ހާއްސަކުރަން ޖެހުނީ ކަރަންޓު ބިލުތަކާއި ގުޅިގެން އާންމުންގެ ޝަކުވާތައް ގިނަވަމުންދާތީ ކަމަށެެވެ. މި ކައުންޓަރުގެ ބޭނުމަކީ ބިލުތަކާއި ގުޅިގެން އާންމުންގެ ހުރި ޝަކުވާތައް ހުށަހެޅުމަށް ރައްޔިތުންނަށް ފަސޭހަކޮށްދިނުން ކަމަށްވެސް ބުނެ އެވެ.
ސްޓެލްކޯ އިން ބުނީ މިކައުންޓަރުގެ ސަބަބުން ޝަކުވާތައް ބަލައިގަނެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
ކަރަންޓުގެ އަގު ކުޑަކުރުމަށް ސަރުކާރުން ވައުދުވެފައިވާއިރު މިދިޔަ ދެ މަހެއްގެ ތެރޭގައި ކަރަންޓުގެ އަގު އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމަށް ބުނެ އެތައް ރައްޔިތުންނެއް ގެންދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓު ބިލް ބޮޑުވެފައިވަނީ ސްޓެލްކޯގެ އިހުމާލަކުން ނޫން ކަމަށެވެ. މި ދުވަސްވަރަކީ ކޮންމެ އަހަރަކުވެސް އާންމު ގޮތެއްގައި ކަރަންޓު ބިލުތައް ބޮޑުވާ ދުވަސްވަރެއްކަން ފާހަގަކޮށް ސްޓެލްކޯ އިން ބުނެފައިވަނީ ކަރަންޓުގެ އަގު ބޮޑުވެފައިވަނީ ހޫނުގަދަވުމުންނާއި ކަރަންޓު ބޭނުންކުރާ މިންވަރު މާބޮޑަށް އިތުރުވުމުން ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ