ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ކަރަންޓު ކެނޑިފައިވަނީ މިރޭ ދަންވަރު 1:00 އެހާއިރު އެވެ.
މިކަމާ ގުޅިގެން ވީިނިއުސްއިން ގުޅާ ލުމުން ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއިން ބުނީ، ކަރަންޓު ކެނޑިފައިވަނީ ހުޅުމަލޭގެ ބައެއް ސަރަހައްދު ތަކުން ކަމަށާއި ކަރަންޓު ކެނޑެން ދިމާވީ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރުމަށްފަހު، ކަރަންޓު ކެނޑުނުތާ 30 ހަކަށް މިނެޓު ފަހުން ކަރަންޓު ދިޔަ ހުރިހާ ހިސާބަކަށް ވެސް ކުރިއެކޭ އެއްގޮތަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް ވެސް ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއިން ބުންޏެވެ.
އިންޖީނަށް ދިމާވީ ކޮންކަހަލަ ޓެކްނިކަލް މައްސަލައެއް ކަމެއް ހާމަނުކުރި ނަމަވެސް، ހުޅުމާލެއިން ކަރަންޓު ކެނޑުމަކީ މިހާރު އާންމުވެފައިވާ ކަމެކެވެ. މީގެކުރިންވެސް އެތައް ފަހަރަކު ހުޅުމާލެެއިން ކަރަންޓު ކެނޑިފައިވެއެވެ. އެހެން ކަމުން ހުޅުމާލޭގައި ދިރިއުޅޭ ބައެއް މީހުން ގެންގުޅޭ ކަރަންޓުގެ ސާމާންތަކަށް މީގެ ކުރިންވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ހުޅުމާލެއަކީ މިވަގުތު ރާއްޖޭގައި ދެ ވަނައަށް އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެވެ. އެގޮތުން ލަފާ ކުރެވޭ ގޮތުގައި ހުޅުމާލޭގައި ގާތް ގަނޑަކަށް 40000 އަށް ވުރެ ގިނަ މީހުން ދިރިއުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ