ރައީސް މައުމޫނު އީދުގެ ތަހުނިޔާ ފޮނުއްވައިފި

އަޟުހާ އީދުގެ ތަހުނިޔާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ފޮނުންވައިފިއެވެ. އެ މަނިކުފާނު އީދު ތަހުނިޔާ ފޮނުންވާފައި ވަނީ ރޭ ކުރެއްވި ޓްވީޓެއްގައެވެ. " ބަރަކާތްތެރި އަޟުހާ އީދުގެ ތަހިނުޔާ އާއި ހެޔޮދުއާ ރައީސް އަށާއި ލޮބުވެތި ދިވެހި ރައްޔިތުންނަށާއި އެންމެހާ މުސްލިމުންނަށް ފޮނުވަން،" މައުމޫނު ވިދާޅުވެފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވެސް ވަނީ އުފާވެރި އަޟްހާ އީދުގެ ތަހްނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ