އެމެރިކާގެ ރިޕޯޓް ބަލައެއް ނުގަންނަން: ސަރުކާރު

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި އަދި ދިނީ ކަންކަން ނޯންނާތީ ކަން ބޮޑުވުން ފާޅުކޮށް އެމެރިކާއިން ނެރުނު ރިޕޯޓް ދިވެހި ސަރުކާރުން ބަލައި ނުގަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ އެ ރިޕޯޓާ ގުޅިގެން އަވަސް އަށް މައުލޫމާތު ދެއްވަމުން ހޫދު މިއަދު ވިދާޅުވި ގޮތުގައި އެމެރިކާއަކީ އަބަދުވެސް އެފަދަ ރިޕޯޓްތައް ނެރެމުންދާ ގައުމަކަށްވުމުން ރާއްޖެއިން އެއަށް އެހާ ސަމާލުކަމެއް ނުދެ އެވެ. ހޫދު އަދި ވިދާޅުބީ ރާއްޖޭގައި އިސްލާމް ދީން ނެގެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ސަރުކާރުން ކުރާނެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ބިއުރޯ އޮފް ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ލޭބާ އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި، ހަޖޫޖެހުމުގެ އަމަލުތަކުގައި ޖަލަށްލުމާއި ޖޫރިމަނާ ކުރުން ފަދަ އަދަބުތައް ރާއްޖޭގައި ދެމުންގެންދާ ކަމަށް ހިމަނައި ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އަދި ރާއްޖޭގައި އަމަލު ކުރަމުންދާ އިސްލާމީ ޝަރީއަތުގެ ދަށުން އަތްކެނޑުމާއި ހައްދުޖެހުމުގެ އަދަބުތައް އުވާލަން ޖެހޭ ކަމަށް ގޮވާލާފަ އެވެ.
ހޫދު ވިދާޅުވީ، އެމެރިކާއިން ރާއްޖޭގައި އަމަލު ކުރަމުންދާ އިސްލާމީ މިންގަނޑުތައް އުވާލަން ގޮވާލި ނަމަވެސް، ސަރުކާރުން އަމަލު ކުރަމުން ދާނީ ރާއްޖޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިސްލާމީ ޝަރީއަތުގެ ހަމަތަކުގެ މަތިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ