ޗައިނާ ސަފީރު ކުރެއްވި ޓުވީޓަކުން ރައީސް ނަޝީދު ފަލީހަތް ވެއްޖެ

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާންގް ލިޒްހޮންގް ޓްވީޓެއް ކުރެއްވުމާއެކު ކުރީގެ ރައީސް ނަޝީދު އިތުރުފުޅު ހެއްދެވިކަން ހާމަވެއްޖެއެވެ.ޗައިނާ ސަރުކާރަށް ދިވެހި ސަރުކާރުން ދަރާފައިވާ ކަމަށާއި އެ ދަރަނި އަދާކުރުމަށް ރާއްޖެއިން ދައްކަން ޖެހޭ ލޯނުތަކުގެ އަގުކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑެތި އަދަދުތަކެއް ވިދާޅުވަމުން ދަނިކޮށް ޗައިނާއިން ރާއްޖެއަށް ކަނޑއަޅުއްވާފައި ހުންނަވާ ސަފީރު، ވަނީ ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ.ރައީސް ޔާމީންގެ ޒައާމަތުގައި ދިވެހި ސަރުކާރުން ގިނަ ލޯނުތަކެއް ނެގުމަށްފަހު ރާއްޖެއިން ޗައިނާއަށް 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަނީ އެއީ ދޮގެއް ކަން ހާމަކޮށްދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެއިން ދައްކަން ޖެހެނީ 1.52 ބިލިޔަން ޑޮލަރު ކަން ހާމަކުރައްވާފައެވެ.ޗައިނާ ސަފީރު ހަގީގަތް ހާމަކުރައްވާ ޓްވީޓް ކުރެއްވުމާއި ގުޅިގެން އެކަން ހަޖަމް ނުކުރެއްވިގެން ރައީސް ނަޝީދު ވަނީ އެލެކްސް އަހުމަދުގެ ނަމުގައި އެމަނިކުފާނު ގެންގުޅުއްވާ ފޭކް ޓްވީޓަރ އެކަނުންޓުން ސަފީރަށް ރައްދު ދެއްވާފައެވެ. އެގޮތުން ސަފީރު ހާމަ ކުރެެއްވި ތަފްސީލު ތަކުގައި އާންމު ފަރާތަކަށް ދީފައިވާ ސޮވަރިން ގެރެންޓީ ނުހިމެނޭކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސަފީރު ހިއްސާ ކުރެއްވި ލިޔެކިޔުންތަކުގައި އެ ތަފްސީލުވެސް ހުއްޓެވެ.
ރައީސް ނަޝީދުގެ ފޭކް އައުންޓުން ރައްދު ދެއްވުމާއި ގުޅިގެން ޗައިނާ ސަފީރު ދެވަނަ ފަހަރަށްވެސް ވަނީ ނަޝީދު ހައްދަވަނީ އިތުރުފުޅެއްކަން ހާމަކޮށް ދެއްވާފައެވެ. އެގޮތުން ނަޝީދަށް ރައްދުދެއްވަމުން، ސަފީރު ވަނީ އެ ތަފްސީލުވެސް ހުރިކަން ފާހަގަ ކުރައްވާ އިތުރު ލޯނުތަކެއް ހުރިނަމަ، ސަރުކާރުން އެ ލޯނުތަކުގެ ތަފްސީލު ހާމަ ކުރެއްވުމަށް އެދިވަޑައިގެން ނަޝީދަށާއި ސަރުކާރަށް ބޮޑު ޗެލެންޖެއް ކުރައްވާފައެވެ.ޗައިނާ އަކީ ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ހޭދަތަކެއް ކުރައްވާ ބައެއް ކަހަލަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި ދިވެހިންނަށް ލުއި ގޮތްތަކެއް ހައްދަވައި ދެއްވަމުން ގެންދާ ޤައުމަކަށްވީ އިރު ކުރީގެ ރައީސް ނަޝީދު ފާހަގަވެގެން ގޮސްފައި ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ކަނޑުވާލުމަށްޓަކައި ތަފާތު ގިނަ ގޮތް ގޮތަށް އިތުރުފުޅު ހައްދަވާ ހަޤީގަތާއި ޚިލާފް ދޮގު ވާހަކަ ފަތުރާ ބޭފުޅެއްގެ ގޮތުގައެވެ.
ހުސައިން ނާސިފް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ޗައިނާ ސަފީރު ކުރެއްވި ޓުވީޓަކުން ރައީސް ނަޝީދު ފަލީހަތް ވެއްޖެ
18 މިނެޓް ކުރިން
އަނިޔާ ކުރި ފުލުހުން ހައްޔަރު ނުކުރާތީ ހުސައިން ޝަމީމް ކަންބޮޑުވުން ފާޅު ކުރައްވައިފި
2 ގަޑި ކުރިން
ބޭސް ފަރުވާއަށްފަހު އަދީބް ރާއްޖެ ވަޑައިގެންފި
4 ގަޑި ކުރިން
މާފުށީ މޫދުގައި ނިޔާވެފައި އޮތް ކުޑަ ކުއްޖަކު ފެނިއްޖެ
4 ގަޑި ކުރިން
ޝައިމް ފޮރުވި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި
5 ގަޑި ކުރިން
ފުލުހުން ހިތަދޫ ގެއެއްގެ ދޮރު ހަލާކު ކޮށްލައިގެން ވަދެ ތަކެއްޗަށް ގެއްލުންދީފި
16 ގަޑި ކުރިން
މާލޭގެ ގެއެއްގެ ތެރޭގައި ފުލުހުން މީހަކަށް އަނިޔާ ކުރާ ވީޑިއޯއެއް އާއްމުވެއްޖެ
17 ގަޑި ކުރިން
ފުލުހުން ހިތަދޫ ގެއެއްގެ ދޮރު ހަލާކު ކޮށްލައިގެން ވަދެ ތަކެއްޗަށް ގެއްލުންދީފި
16 ގަޑި ކުރިން
ބޭސް ފަރުވާއަށްފަހު އަދީބް ރާއްޖެ ވަޑައިގެންފި
4 ގަޑި ކުރިން
މާފުށީ މޫދުގައި ނިޔާވެފައި އޮތް ކުޑަ ކުއްޖަކު ފެނިއްޖެ
4 ގަޑި ކުރިން
އަނިޔާ ކުރި ފުލުހުން ހައްޔަރު ނުކުރާތީ ހުސައިން ޝަމީމް ކަންބޮޑުވުން ފާޅު ކުރައްވައިފި
2 ގަޑި ކުރިން
ޝައިމް ފޮރުވި މައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
23 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ