ހދ.ނޭކުރެންދޫ ސްކޫލް ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފި

ނޭކުރެންދޫ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގެ ތެރެއިން --
ހދ. ނޭކުރެންދޫ ޕޮލިސް ސްޓޭޝަނާއި އެރަށު ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ޖޫން މަހުގެ 25 ން 27 އަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ވަނީ އެންޓި ސޯޝަލް ބިހޭވިއަރ އާއި ބެހޭގޮތުންނާއި ހަނގާކުރުމުގެ މައްސަލަތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތުދީފައެވެ. އަދި ކުށްމަދުކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި ކުޑަކުދިންކުރާ ކުށްތަކުގައި ޖިނާޢީ މަސްޢޫލިއްޔަތު އުފުލަންޖެހޭ ގޮތާއި އުމުރު ފުރައާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.
މި ސެޝަންތަކުގައި ނޭކުރެންދޫ ސްކޫލްގެ ގްރޭޑް 1 ން ފެށިގެން ގްރޭޑް 10 ގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުން ބައިވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ