އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަންޓޭގެ އޮޕަރޭޝަނެއް ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެކްސިޑެންޓެއްގައި ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) އަށް ލިބިވަޑައިގެންނެވި ޒަހަމްތަކާއި ގުޅިގެން މިއަދު އޮޕަރޭޝަން ކުރައްވަން ހަމަޖެހިއްޖެ އެވެ.
ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި އެ އޮޕަރޭޝަން ކުރަން ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 10:00 ގައެވެ. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ އެވާހަކަ ހާމަކުރައްވާފަ އެވެ.
އެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ މިއަދު ހެނދުނު މެމްބަރު ހަސަންގެ އޮޕަރޭޝަނެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށާއި، ހުރިހާ ބޭފުޅުންގެ ވެސް ހެޔޮ ދުއާއަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިދިޔަ ހަފްތާގައި އެކްސިޑެންޓު ހިނގީ މަގު ހުރަސް ކުރަން އުޅުނު މީހެއްގެ ގައިގައި ސައިކަލުން ޖެހިދާނެ ކަމަށް ކުއްލިއަކަށް ސައިކަލު ކޮންޓްރޯލް ކުރުމުން ވެއްޓިވަޑައިގެންނެވުމުންނެވެ.
މައުލޫމާތު އިނގޭ ފަރާތަކުން ސީއެންއެމް އަށް ކިޔައިދިން ގޮތުގައި އެކްސިޑެންޓުގައި އަނިޔާވުމުން ފަރުވާ ދެއްވުމަށްފަހު މެމްބަރު ހަސަން ގެއަށް ބަދަލުކުރެއްވި އެވެ. ލިބުނު އަނިޔާތަކުގެ ތެރޭގައި ނިއްކުރި ފަޅައިގެން ދިޔުމާއި ވާއަތު ފައިގެ ކަށިމަތި މަތި ފްރެކްޗާވުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ