ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ދެކޮޅު ހަދަމުން ދާތީ ރައީސް މައުމޫން ކަންބޮޑުވެވަޑައިގަންނަވާކަމަށް އެމްއާރުއެމްއިން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއާރުއެމްގެ ތަރުޖަމާނު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ ދެ ކޮމިޝަނަށް ގާނޫނީ ބާރުނުދީ ރައްޔިތުންގެ މަޖިލީހުން ލަސްކުރަމަކީ އެކަމާ ރައީސް މައުމޫން ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައެވެ.
ތަޒްމީލް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމަށް ހުށަހެޅި ބިލަށް ވޯޓަށް އެހުމަށް ހަތަރު ފަހަރަށް މަޖިލިސް ޖަލްސާއަށް ތާވަލުކޮށް ގޮތެއް ނުނިމި އޮތުމަކީ ދެރަކަމެއް ކަމަށާއި މަޖިލީހުގައި ކޯލިޝަންގެ އަގްލަބިއްޔަތު އޮވެ ރައްޔިތުންނާއި ގުޅުހުރި އެފަދަ ކަންކަން ނުނިމި ހުރުމަކީ ރައީސް މައުމޫނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމުގައެވެ.
ރައީސް ޞާލިޙް އުފައްދަވާގައިވާ ރިޔާސީ ދެ ކޮމިޝަނަށް ބާރު ދިނުމަކީ މުހިއްމު ކަމެއްކަމަށް ރައީސް މައުމޫން ދެކެވަޑައިގަންނަވާ ކަމަށްވެސް ތަޒްމީލް ވިދާޅުވިއެވެ.
ކޮމިޝަންތަކަށް ބާރުދޭން ދެކޮޅުހަދާތީ ރައީސް މައުމޫން ކަންބޮޑުވެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ