ވަގަށް ނަގާފައިވާ ކަރަންޓު ކީހެއް ވިއްކުމަށް އުޅުނު 45 އަހަރުގެ ފިރިހެނަކު މިއަދު ހެނދުނު 10:15 ހާއިރު އަމީނީމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ފުލުހުން ބުނީ އެމީހާ ހުއްޓުވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިމާރާތް ކައިރިން ގޯންޏެއް ހިފައިގެން ދަނިކޮށް ކަމަށެވެ. އެ ގޯނީގައި އޮތީ މަކިޓާ ބްރޭންޑުގެ ކަރަންޓު ކީހެކެވެ.
"މިކަމާއި ގުޅިގެން ފުލުހުން ބެލި ބެލުމުން ފާހަގަކުރެވިފައި ވަނީ، މިއީ މައްޗަންގޮޅި ގެއަކުން ވަގަށް ނެގުމަށްފަހު ވިއްކާލަން ދިޔަ އެއްޗެއް ކަމަށް،" ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހިފެހެއްޓި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މައްސަލައިގެ ތަހުގީގު ދަނީ ކުރަމުންނެވެ.
ވަގަށް ނެގި ކަރަންޓު ކީހެއް ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ