ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

އަވަށްޓެރި ސްރީލަންކާއަށް މިދިޔަ އާދިއްތަ ދުވަހު ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކޮށްފިއެވެ. މި ހަމަލާގައި މިހާތަނަށް 310 މީހުން މަރުވެފައި ވާއިރު 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މިއަދު ވަޒީރުންގެ މަޖިލީހުގައި ސްރީލަންކާއަށް ކުރިމަތިވި ހިތާމަވެރި ހާލަތާބެހޭގޮތުން ކުރެވުނު މަޝްވަރާގައި މިފަދަ ޓެރެރިސްޓް ހަމަލާތަކުން ދިވެހިރާއްޖެ ރައްކާތެރި ކުރެވިދާނެ ގޮތްތަކާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ސްރީލަންކާއަށް ކުރިމަތިވެފައިވާ ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ގޮތުން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީގެ ދިދަވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ