ކުރިއަށް އޮތް 48 ގަޑިއިރު، ނުވަތަ ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެފިއެވެ.
އެއިދާރާއިން ބުނީ އިއްޔެ އާއި މިދިޔަ ހޮނިހިރު ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށްފައިވާ ކަމުގައެވެ. އެގޮތުން އެންމެ ގިނައި ވާރޭ ވެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ ސ ގަމަށް ކަމަށާއި ގަމަށް 114 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެއެވެ.Brief on current weather activity pic.twitter.com/l3szQR8QRV— Maldives Meteorology (@MetMaldives) August 11, 2019
އެންމެ ގަދަޔަށް ވައި ޖެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވާ ގދ ކާޑެއްދޫއަށް ގަޑިއަކު 55 މޭލު ބާރުމިނުގައި ވައިޖެހިފައިވާކަމަށްވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނީ ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމުގައެވެ. މީގެ އިތުރުން ވިލާގަނޑުގައި 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެއެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމުގައެވެ.
ވިއްސާރާގައި ފެންބޮޑުވެ އަދި ވައިގަދަވުމުގެ ސަބަބުން ބައެއް ރަށްރަށް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ. މީގެ އިތުރުން ވތުވެ ދިޔަ ދެ ދުވަހުވެސް ކަނޑުމަތީގެ އެތައް ހާދިސާއެއްވަނީ ހިންގާފައެވެ.
ސަމާލް! ސަމާލް! ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ