މާލޭގައި ސްކޫލް ބަހުގެ ޚިދުމަތް ދޭން މިއަހަރު ފަށަނި

މިއަހަރުގެ ތެރޭގައި މާލޭގައި ސްކޫލް ބަހުގެ ޚިދުމަތް ދެވެން ފެށޭވަރުވާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ހާމަކޮށްފިއެވެ.މި ޚިދުމަތް ތައާރަފް ވުމުން  ސްކޫލް ކުދިންގެ އަތުން ނަގަން ޖެހޭނީ އާއްމުކޮށް ބަސްދަތުރުތަކުގައި ނަގާ އަގަށް ވުރެއް ކުޑަ އަގެއް ކަން ޓްރާންސްޕޯޓްއޮތޯރިޓީން ފާހަގަކުރާއްވާ. ސްކޫލް ބަހުގެ ޚިދުމަތް  ދެއްވުމަށް  ސަރުކާރުން ކުރާއްވާ މަސައްކަތުގެ ދަށުން، ވީހާވެސް އަވަހަށް ބަޔަކާއި އެ މަސައްކަތް ހަވާލުކޮށް މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި މާލޭގައި ސްކޫލް ބަހުގެ ޚިދުމަތް ފެށުމަށް، މިމަސައްކަތް ވަރަަށް ހަލުއި ކަމާ އެކު ކުރައްވަމުން ގެންދަވާކަމަށް،  ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވިއެވެ.މާލޭގައި ސްކޫލްބަހުގެ ޙިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލައްވާފައިވާ ފުރުޞަތުގެދަށުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ސްކޫލް ބަސް ތާޢާރަފް ކުރެއްވުމަށްފަހު، ކުދިން އަރުވައިގެން ދަތުރުކުރާ ގަޑިތަކުގައި އެ ބަސްތަކުގައި، ބެލެނިވެރިންނާއި އާންމުން ދަތުރުކުރުން މަނާވާނެކަމަށެވެ. ނަމަވެސް ސްކޫލްކުދިންނަށް ޚާއްޞަ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި  އާއްމުންނަށް، އެބަސްތަކުގައި  ދަތުރުކުރުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް އޭނާ ވިދާޅުުވިއެވެ.ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ޚިދުމަތް ދިނުމުގެ ޤަވާއިދެއް އެކުލަވާލާލައްވާފައެވެ. މި ޤަވާއިދުގައިވާ ގޮތުން ސްކޫލްބަހުގައި ދަރިވަރުން ދަތުރުކުރާއިރު ސީޓްބެލްޓް އަޅަން ޖެހޭނެ ކަމަށާއި،  ސީޓްބެލްޓް އަޅައިގެން ތިބިތޯ، ޚިދުމަތް ދޭ ފަރާތުން ޗެކް ކުރަން ޖެހޭނެ ކަމަށްވެސް އެ ޤަވާއިދުގައިވެއެވެ. އަދި  ދަށް ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަ ކޮށް، ފަސޭހަކަމާއެކު އިށީނދެތިބެވޭ ކަހަލަ ތިރި ގޮނޑި ތަކެއް ބަހުގައި ހަރުކުރެވިފައި ހުންނަން ޖެހޭނެ  ކަމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މާލޭގައި ބަހުގެ ހިދުމަތް މިހާރު ދެމުން އަންނަނީ ހަމައެކަނި އެމްވީކޭއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ