މެމްބަރު އަސްމާ ރަޝީދުގެ ބައްޕާފުޅު އަބްދުﷲ ރަޝީދު އަވަހާރަވެއްޖެ
ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދުގެ ބައްޕަ މ. ވިލާދޮށުގޭ އަބްދުﷲ ރަޝީދު އަވަހާރަވެއްޖެ އެވެ. އަބްދުﷲ ރަޝީދު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 83 އެވެ. ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނީގައި ކެޕްޓަނެއްގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އަބްދުﷲ ރަޝީދު އަވަހާރަވިއިރު 12 ކާފަ ބޭފުޅުންނާއި މުނިކާފަ ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފް (މުންދު) އަކީ އޭނާ އަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދައުރުގައި ހައްޖު ކޮމެޓީގައި ހިމެނިވަޑައިގެންނެވި އަބްދުﷲ ރަޝީދަކީ މާލޭގައި އެންމެ ފުރަތަމަ ޓެކްސީ ސެންޓަރެއް ހިންގެވި ބޭފުޅާ އެވެ. އަބްދުﷲ ރަޝީދުގެ މޫނު ދެއްކުން އޮންނާނީ މ. ކޮތަންމާގޭގައެވެ. އަދި ކަށުނަމާދު އޮންނާނީ ފަތިސް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ