ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލާން ފަށާނީ ހެނދުނު 7:30 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ ވޯޓްލާ ގަޑި އަވަސްކުރީ އިންތިހާބު ތަކުގައި އާންމުކޮށް ވަރަށް ހެނދުނާއި ބައެއް މީހުން ވޯޓްލާން ނިކުންނާތީ ބައެއް ހިސާބުތަކުގައި ކިއުގައި ގިނަ ބަޔަކަށް ތިބެންޖެހޭތީ އެމައްސަލަ ހައްލުކުރުމަށާއި، ގިނަ ބަޔަކަށް ވޯޓް ލުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އިންތިހާބު ތަކުގައި އާންމުކޮށް ވޯޓްލުން ކުރިއަށްގެންދަނީ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ.
ފުއާދު ވިދާޅުވީ ހެނދުނު ވޯޓްލާން ނިކުން ގަޑި އަވަސްވި ނަމަވެސް ވޯޓްލުން ބަންދުވާނީ ހަވީރު 4:00 ޖަހާއިރު ކަމަށެވެ.
"އަޅުގަނޑުމެން ގަޑިއަށް މިގެނައި ބަދަލަކީ ހަމަ ގިނަ ބަޔަކަށް ކަންކަން ފަސޭހަކޮށްދިނުމަށާއި، ގިނަ ބަޔަކަށް ވޯޓްލާން ނިކުމެވޭ ގޮތް ހެދުމަށް ގެނައި ބަދަލެއް" ފުއާދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ވޯޓްލުމަށް ހަމަޖެހިފައިވާއިރު، އިންތިހާބަށް ވާން ޖެހޭ ތައްޔާރީތައް ވަރަށް ރަގަޅަށް ފުރިހަމަކުރަމުންދާ ކަމަށްވެސް ފުއާދު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލާން ފަށާނީ ހެނދުނު 7:30 ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ