ޖުމްހުރީ ގުޅުމުގެ ފަރާތުން މާދަމާ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.
އާޓިފިޝިއަލް ބީޗުގައި ބާއްވާ ހަވީރާ ބެހޭ ގޮތުން ޖުމްހޫރީ ގުޅުމުގެ އޮފިޝަލު، އާފިޔާ އަބްދުލް އަޒީޒް ވިދާޅުވީ ކުޑަކުދިންގެ ހަވީރެއް ބާއްވަނީ އީދު ފާހަގަ ކުރުމުގެ ގޮތުން އާއިލާތަކާއެކު ވީހާވެސް ގާތުން ޖުމްހޫރީ ގުޅުމުން ހަރަކާތްތަކެއް ހިންގުމަށް ކަމަށެވެ.
މާދަމާ ހަވީރު 4:00 އިން 6:00 ބާއްވާ ކުޑަކުދީންގެ ހަވީރު ވަރަށް ހާއްސަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާފިޔާ ވިދާޅުވީ ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނަށް ތަފާތު ގިނަ އިނާމު ލިބޭ ގޮތަށް ކަންކަން ރާވާފައިވާއިރު ކުދިންނާއި އާއިލާތައް ގަޔާވާފަދަ ތަފާތު ކުޅިވަރު ތައް ވެސް ބާއްވާނެ ކަމަށާއި އެއާއެކު ސްޓޭޖް ހަރަކާތްތައް ވެސް އޮންނާނެ ކަމަށެވެ.
މާދަމާގެ ކުޑަކުދިންގެ ހަވީރު ކުރިއަށްދާއިރު ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި އެމަނިކުފާނުގެ ރަނިން މޭޓް ޑރ. ހަސަން ސައީދާއި ޖުމްހޫރީ ގުޅުމުގެ އިސް ވެރިން ބައިވެރިވަޑައިގެން ކުދިންނާ ސަލާމް ކުރައްވާނެ ކަމަށް ވެއެވެ.
ޖުމްހުރީ ގުޅުމުގެ ކުޑަކުދިންގެ ހަވީރު މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ