ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް އަދި އެއްވެސް ފަރާތަކުން ކުރިމައްޗެއް ނުލާ

ޕީޕީއެމްގެ ރިޔާސީ ޕްރިމަރީގައި ވާދަ ކުރުމަށް ރަސްމީކޮށް އެއްވެސް ފަރާތަކުން އަދި ހުށަހަޅާފައި ނުވާ ކަމަށް އެޕާޓީން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ އިންތިހާބީ ކޮމެޓީގެ މުގައްރިރު މުހައްމަދު ތޮލާލު ވިދާޅުވީ އިއްޔެގެ ނިޔަލަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާ ކަމަށެވެ.
"އިއްޔެ ހަވީރާއި ހަމައަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވޭ، ދެން މިއަދު އަދި ނެތް،" ތޮލާލު ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މިހާތަނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާ އިރު ޕީޕީއެމްގެ ލީޑަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމުވަނީ ކުރިމަތިލުމަށް ދީފައިވާ ނުވަ ދުވަހުގެ ތެރޭގައި އެމަނިކުފާނު ވާދަ ކުރެއްވުމާ މެދު ނިންމަވާ ގޮތެއް ހާމަވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ޔާމީނާއި ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވެސްވަނީ އިއުލާނު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ