ސޫރިޔާއިން އުރުދުނަށް ހިޖުރަ ކުރާ ރެފިއުޖީންނަށް އެހީގެ ގޮތު 200 މިލިއަން ޑޮލަރު ދޭން އެމެރިކާއިން ނިންމައިފި އެވެ.
އުރުދުންގެ ވެރިރަށް އައްމާންގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ، ސޫރިޔާގެ ރެފިއުޖީންނަށް އެހީވުމުގެ ގޮތުން ފަންޑެއް ހުޅުވުމަށް ކޮންގްރެސްގައި އެދިވަޑައިގަންނަވާނެ ކަމަށާއި އޭގެ ސަބަބުން ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ ސޫރިޔާ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ކުރިއަށްވުރެ ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
ސޫރިޔާ ދޫކޮށް ހިޖުރަ ކުރަމުންދާ ރެފިއުޖީންނަށް އެހީވުމުގައި އެމެރިކާއަކީ ބޮޑު ދައުރެއް ކުޅެމުން އަންނަ ޤައުމެކެވެ.
ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ދެމެދު 2011 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ހަމަނުޖެހުން ތަކުގައި، ސޫރިޔާ ދޫކޮށް އުރުދުނަށް ހިޖުރަކުރަމުންދާ މީހުންގެ އަދަދު މިހާތަނަށް 450،000 އަށް އަރާފައިވާއިރު، މިކަންތައް ވެފައިވަނީ އުރުދުން ސަރުކާރު ކަންބޮޑުވާ ކަމަކަށެވެ.
ހަނގުރާމައިގެ ސަބަބުން ސޫރިޔާ ދޫކޮށް ހިޖުރަ ކުރަމުންދާ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެފައިވާއިރު، މިދިއަ ފެބްރުއަރީ މަހުގެ ނިޔަލަށް ސޫރިޔާ ދޫކޮށް އަވަށްޓެރި ޤައުމުތަކަށް ހިޖުރަ ކުރި މީހުންގެ އަދަދު އެއް މިލިއަނަށް އަރާފައިވާ ކަމަށް އދ. އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ.
އުރުދުނަށްދާ ސޫރިޔާގެ ރެފިއުޖީންނަށް އެމެރިކާއިން 200 މިލިއަން ޑޮލަރު ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ