މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ލިބިއްޖެ ނަމަ ސުޕްރީމް ކޯޓަށް ބަދަލު ގެންނާނަން: ނަޝީދު
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތި ޚާ ބުގައި މަޖިލިހުގެ އަޣުލަބިއްޔަތު އިދިކޮޅު އެމްޑީޕީ އަށް ލިބިއްޖެ ނަމަ ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވާ، އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށް މި ވަގުތު އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ޝަރުއީ ނިޒާމު ތަޣައްޔަރުވެފައި ވުން ކަމަށެވެ. އަދި އިންސާފު ނުލިބޭ މިންވަރަށް ޝަރުއީ ނިޒާމު ގޯސްވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. "[ނަމަވެސް] އަޅުގަނޑުމެންނާ ވާދަވެރި އެއްވެސް ސިޔާސީ ޕާޓީއަކުން ޝަރުއީ ނިޒާމު އިސްލާހު ކުރާނެ ވާހަކައެއް ނުދައްކަވާނެ. އެ ނިޒާމު ހިނގަމުން އެދަނީ އަޅުގަނޑުމެންގެ ވާދަވެރިން އެދިވަޑައިގަންނަވާ ގޮތަށް، އެ ބޭފުޅުން ބޭނުންވެވަޑައިގަންނަވާ ގޮތަށް،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ސުޕްރީމް ކޯޓު އިސްލާހުކުރުން. އިރާދަކުރެއްވިޔާ ސުޕްރީމް ކޯޓުގެ ބެންޗްގެ އަދަދަށް ބަދަލު ގެނެސްގެން، އަޅުގަނޑުމެން އެ ކޯޓު އިސްލާހުކުރާނަން." އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ޖޭއެސްސީގެ ގާނޫނަށް ވެސް ބަދަލު ގެނެސް، އެ ކޮމިޝަނަށް އިސްލާހުތައް ގެންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަމާޒަ ކީ އިސްލާހަށް މަސައްކަތް ކުރު މެވެ. އަދި އެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަޅުގަނޑުމެންގެ އަމާޒަކީ ސުޕްރީމް ކޯޓު އިސްލާހުކުރުން. އިރާދަކުރެއްވިޔާ ސުޕްރީމް ކޯޓުގެ ބެންޗްގެ އަދަދަށް ބަދަލު ގެނެސްގެން، އަޅުގަނޑުމެން އެ ކޯޓު އިސްލާހުކުރާނަން-- ނަޝީދު ދައުލަތުގެ ތިންބާރު އެކުވަމުންދާ ތަން ފެންނަމުންދާ ކަމަށް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާ ސަބަބަކީ ތިން ބާރު އެކު ނުވެ، ރާއްޖެ ތަރައްގީކުރުން ކަމަށެވެ. އެގޮތުން ލާމަރުޒަކީ ގާނޫނަށް ބަދަލުތައް ގެނެސް، މިހާރަށް ވުރެ ބޮޑަށް ކައުންސިލްތަކަށް ބާރު ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ