ސުޕްރީމް ކޯޓުގެ ޝަރީއަތަށް ހުރަސް އަޅަން އުޅުނު މީހެއްގެ މައްސަލަ ޕީޖީ އަށް
މިދިޔަ މަހުގެ 26 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ޝަރީއަތަކަށް ހުރަސް އަޅަން މަސައްކަތްކުރި މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން ޕީޖީ އަށް ހުށަހަޅައިފި އެވެ. ފުލުހުން ބުނީ އެއްވުން މަނާ ސަރަހައްދުތަކަށް އެއްވެ، ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ޝަރީއަތަކަށް ހުރަސް އެޅުމަށް މަސައްކަތްކޮށްގެން ދައުވާކުރަން ފޮނުވީ އުމުރުން 50 އަހަރުގެ އަހުމަދު ފާއިޒް ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ކަމަށެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އޭނާ އަކީ އެމްޑީޕީގެ އެކްޓިވިސްޓެކެވެ. ފުލުހުން ބުނީ ފާއިޒުގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ފޮނުވީ މާލޭގައި އެއްވުން މަނާ ސަރަހައްދުތަކަށް މީހުން އެއްވަން އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވައި ސުޕްރީމް ކޯޓުގެ ޝަރީއަތަށް ހުރަސް އަޅަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. "އަޙްމަދު ފާއިޒަކީ މީގެ ކުރިން ވެސް މާލޭގެ މަގުތަކަށް ނިކުމެ މުޒާހަރާކޮށް ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދުތަކަށް ގަދަކަމުން ވަންނަން މަސައްކަތްކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ މައްސަލަތަކުގެ ރެކޯޑް މޯލްޑިވްސް ޕޮލިސް ސާވިސްގައި އޮންނަ މީހެކެވެ،" ފުލުހުންގެ ބަޔާނެއްގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ