މަޖިލީހުން ޖަވާބުދާރީ ވާނީ ސުޕްރީމް ކޯޓަށް

ސުޕްރީމް ކޯޓް ފިޔަވައި ރާއްޖޭގެ އެހެން މަރުހަލާތަކުގެ ކޯޓްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އުފުލާ ދައުވާތަކަށް ޖަވާބުދާރީ ނުވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
މަޖިލީހުން އެ ގޮތަށް އަންގާފައި ވަނީ މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑުން މަޖިލީހުގެ މައްޗަށް ދައުވާ ލިބޭ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ސޮއިކުރައްވާ މިއަދު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިންނަށް ފޮނުއްވެވި ސިޓީއެއް މެދުވެރިކޮށެވެ.
މި ސިޓީގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގައި ނިންމާ ކޮންމެ ކަމަކަށް ކޯޓަށް ދާން ނުޖެހޭނެ ކަމަށާއި ގާނޫނު އަސާސީން ލިބިގެންވާ އިމްތިޔާޒްގެ ދަށުން ގާނޫނު އަސާސީގައި ބުނާ ދުސްތޫރީ މައްސަލަތަކުގައި ސުޕްރީމް ކޯޓު ފިޔަވައި އެހެން ކޯޓަކަށް މަޖިލީހުން ޖަވާބުދާރީ ނުވާނެ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހަށް ފުރިހަމަ އިމްތިޔާޒު ލިބިދީފައިވާ ދާއިރާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ކުރާ ކަންކަމަކީ، ކޯޓަކަށް ބެލޭނެ ކަންކަން ނޫންކަން ނުވަތަ އެ އާމެދު ތަޢުނު ކުރެވޭނެ ކަންކަން ނޫންކަން ގާނޫނުއަސާސީގެ 88 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން އެނގޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ