އުއްތަމަ ފަނޑިޔާރާގުޅޭ ގޮތުން ދައުރުވަނީ ސައްހަ ލިޔުމެއް ނޫން: ސުޕްރީމް ކޯޓް

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިނާބެހޭ ގޮތުން ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ލިޔުމަކީ ސައްހަ ލިޔުމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ އެއް ފޮޅުވަތުގެ ކުރު ބަޔާނުގައި ބުނެފައިވަނީ، އުއްތަމަ ފަނޑިޔާރަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރާއި ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު އުއްތަމަ ފަނޑިޔާރު ދެކޭ ގޮތް" އެ ސުރުހީގެ ދަށުން އާއްމުކޮށްފައިވާ ލިޔުމަކީ ސައްހަ ލިޔުމެއް ނޫން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ސުޕްރީމް ކޯޓުން ރޭ ފަތިހު ނެރެފައިވާ އަމުރާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔުމުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުންނަށް ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ވަރަށް ގިނަ ފިއްތުންތައް ކުރިމަތިވަމުންދާ ކަމަށާއި، އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމްތަކާއި އަމުރުތައް ނެރެން ޖެހޭނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކުގެ މަތިންކަމަށް އުއްތަމަ ފަނޑިޔާރު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން އެ ލިޔުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ ފަނޑިޔާރަކީ އަލީ ހަމީދުކަމަށާއި، އޭނާއާއި ދޭތެރޭ ފިޔަވަޅެއް އެޅިފައި ނުވަނީ، އާއިލާއަށާއި، އުއްތަމަ ފަނޑިޔާރަށް މަރުގެ އިންޒާރު އަލީ ހަމީދަށް ތާއީދުކުރާ ފަރާތްތަކުން ދީފައިވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ