މެންދުރުގެ ކެއުމަށް ފަހު ކުރަން ނުވާ ކަންތައްތައް
މެންދުރު ކެއުމަށްފަހު އާދަކޮށް ކުޑަކޮށް ހިނގާލަން ހެއްޔެވެ؟ ޔަގީނުން ވެސް މިއީ ގިނަ ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް މިއީ ކެއުމަށްފަހު ކުރުން އެންމެ ރަނގަޅު ނޫން ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ތަޖުރިބާކާޜުން ވިދާޅުވާ ގޮތުގައި މެންދުރު ކާ ތަކެތި ނުވަތަ ކޮންމެ ގަޑިއެއްގައި ނަމަވެސް އެ މީހަކު އެ ކާ އެއްޗެތި ހަޖަމުކުރުމުގެ ގާބިލްކަން އިންސާނާގެ ހަޖަމުކުރުމުގެ ނިޒާމުގައި ވެއެވެ. ހަޖަމުކުރުމާއެކު އެ ކާނާއެއްގައިވާ މުހިއްމު ނިއުޓްރިއަންޓްސް ހަށިގަނޑުގެ ބައިތަކަށް ފޮނުވާލާ އޭގެ ބަދަލުގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފައްދައދިނުމުގެ މަސައްކަތް މި ނިޒާމުގެ ތެރެއިން ކުރެ އެވެ. ހަމަ މިއާއެކު ހަޖަމުކުރުމުގެ ނިޒާމަކީ ވަރަށް ނާޒުކުވެސް ނިޒާމެކެވެ. މި ނިޒާމަށް ހުރަސްއެޅޭ ކަހަލަ އެއްވެސް ކަމެއް ކުރާނަމަ ސިސްޓަމުން ކުރަން ޖެހޭ މަސައްކަތް އެންމެ ބަރާބަރަކަށް ނުކުރެވޭނެ އެވެ. މެންދުރުގެ ކެއުމަށް ފަހު ވެސް ކުރެވޭ ބައެއް ކަންތައްތަކަކީ އެކަމުގެ ސަބަބުން މި ނިޒާމުގެ މަސައްކަތަށް ހުރަސް އެޅޭނެ ކަންތައް ތަކެވެ. ކޮންމެ ފަހަރަކުވެސް ކެއުމަށްފަހު 15 ނުވަތަ 20 މިނިޓް ވަންދެން އިށީނދެލައިގެން އިނދެ ހަށިގަނޑަށް އަރާމުދިނުމަކީ ބޭނުންތެރި ކަމެކެވެ. މިކަމަށްޓަކައި ތިރީގައިމިވާ ކަންތައްތަކުން ދުރުވާން ޖެހެ އެވެ. ދަތް އުނގުޅުން ކެއުމަށް ފަހު ދަތް އުނގުޅާލުމަކީ ބައެއް މީހުންގެ އާދައެކެވެ. ނަމަވެސް މެންދުރުގެ ކެއުމަށްފަހު މިއީ ކުރުން އެހާ ރަނގަޅު ކަމެއް ނޫނެވެ. ކާއެއްޗެތި ދަތް ދޭތެރޭގައި ހަރުލާފައި ހުރިނަމަ ހުސް ބުރުހަކުން އެ އެއްޗެތި ސާފުކޮށްލިޔަސް ރަނގަޅެވެ. ނަމަވެސް ކާ ކޮންމެ ފަހަރަކު ދަތްއުނގުޅާ ބޭހުން އުނގުޅުން ރަނގަޅެއްނޫނެވެ. މާގިނައިން ފެން ބުއިން ކެއުމަށްފަހު ކުރަން ރަނގަޅު ނޫން އަނެއް ކަމަކީ މާގިނައިން ފެން ބުއިމެވެ. މާގިނައިން ފެން ބޮއިފިނަމަ ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތަށް ބުރޫ އަރާނެ އެވެ. ނަތީޖާއަކަށް ވަނީ ބަނޑުގެ ތަފާތު ބަލިތައް ޖެހުން ނުވަތަ ހަޖަމު ގޯސްވުމެވެ. ސިނގިރޭޓް ބުއިން ކެއުމަށް ފަހު ސިނގިރެޓެއް ރޯކޮށްލުމަކީ ދުންފަތުގެ އިސްތިއުމާލުކުރާ ގިނަ ބަޔަކު އާދަވެ ކުރާ ކަމެކެވެ. ކެއުމާއެކު ހަޖަމުކުރާ ނިޒާމުގައި ލޭ ދައުރުވާ މިންވަރު ވަރަށް ބޮޑަށް މަތިވެގެން ދާނެ އެވެ. މިފަދަ ވަގުތެއްގައި ސިނގިރޭޓް ބުއިމުން ސިނގިރޭޓްގައި އެކުލެވޭ އެކި އެކި ބާވަތްތައް ހަށިގަނޑުގެ ބައިތަކަށް ވަރަށް ފަސޭހައިން އޮބިގެން ދާނެ އެވެ. ނަތީޖާއަކަށްވާނީ ފުއްޕާމެޔާއި ކިޑްނީއަށް ގެއްލުން ވުމެވެ. ހިނގަން ދިއުން ކައިނިމިގެން ބައެއް މީހުން ބޭނުންވަނީ ހިނގަން ދާށެވެ. ކާ އެއްޗެތި ހަޖަމުކުރަން ފަސޭހަވާނެ ކަމަށް ގަބޫލު ކޮށްގެންނެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. ހަޖަމުކުރުމުގެ ނިޒާމަކީ އޭގެ ޒާތުގައި މަސައްކަތްކުރާ އެހެން މީހުންގެ އެހީއަށް ބޭނުންވާ ނިޒާމެއް ނޫނެވެ. އެހެންކަމުން މި ނިޒާމަށް އެހީތެރިވުމުގެ ގޮތުން ނަމަވެސް ހިނގާ ހެދުމުން އެމީހަކު ކޭ އެއްޗެތީގައިވާ ހަށިގަނޑަށް ފައިދާ ލިބޭ އެކިއެކި މާއްދާތައް އެކަމަކާ ގުޅޭ ދިމާލަކަށް ފޯރުކޮށްދިނުމަށް ދަތިތައް ދިމާ ވެއެވެ. ވެހިކަލް ދުއްވުން ހަޖަމުކުރުމަށްޓަކައި ގިނަ އަދަދަކަށް ލޭ ބޭނުންވެ އެވެ. އެހެންކަމުން މިފަދަ ވަގުތުތަކުގައި އިންސާނާގެ ވިސްނުމުގެ ގާބިލްކަން ކުޑަވެ އެވެ. އެހެންކަމުން މާ ގަދަޔަށް ކައިގެން އެއްވެސް އުޅަނދެއް ދުއްވާނަމަ އެކްސިޑެންޓެއް ވުމުގެ ފުރުސަތު ބޮޑުވެ އެވެ. ނިދުން މެންދުރުގެ ކެއުމަށްފަހު ކުރުން އެންމެ ނޭދެވޭ އެއް ކަމަކީ ނިދުމެވެ. މެންދުރު ވަގުތު ނޫނަސް އެއްވެސް ވަގުތެއްގައި ކެއުމަށްފަހު ވަގުތުން އޮށޯވެ ނިދުމުން ހަޖަމުކުރުމުގެ ނިޒާމު އެކަށީގެންވާ ގޮތަކަށް މަސައްކަތެއް ނުކުރާނެ އެވެ. މިއީ ގޮހޮރުގެ ތަފާތު ބަލިތައް ޖެހުމަށް މެދުވެރިވާ ސަބަބެކެވެ. ސައި ބުއިން ސައިފަތަކީ ވަރަށް މައްޗަށް އެސިޑް ހުންނަ އެއްޗެކެވެ. އެހެންކަމުން ކެއުމަށްފަހު ސައި ބުއިމުން އެމީހާ ކޭ ކާނާގައިހުރި ޕްރޮޓީންގެ ބައި ހަޖަމެއް ނުވާނެ އެވެ. ރަނގަޅަށް ހަޖަމަކުރުމަށް ހުރަސް އެޅޭ ކަމަކަށް ސައި ބުއިން ވެއެވެ. ކާ ގަޑީގައި ނުވަތަ ކެއުމަށްފަހު އެ ވަގުތު ސައި ބުއިން ރަނގަޅުކަމަކަށް ނުވަނީ އެހެންވެ އެވެ. ފެންވެރުން މެންދުރުގެ ކެއުމަށް ފަހު ނުވަތަ އެނޫން ވަގުތެއްގައި ނަމަވެސް ކެއުމަށް ފަހު ވަގުތުން ފެން ވަރައިފިނަމަ އަތާއި ފައި އަދި ހަށިގަނޑުގައި ލޭ ދައުރުވާ މިންވަރު އިތުރުވެގެން ދާނެ އެވެ. ނަތީޖާއެއްގެ ގޮތުން ބަނޑުގެ ތެރޭގައިވާ ހަޖަމުކުރުމުގެ ނިޒާމުގައި ލޭ ދައުރުވާ މިންވަރު ދަށް ވާނެ އެވެ. މިއީ ހަޖަމުކުރުމުގެ މަސައްކަތް ލަސްވުމާއި މީހާއަށް ވަރުބަލިކަމުގެ އިހްސާސް ކުރެވޭނެ ކަމެކެވެ. ޖިމް އަށް ދިއުން ކެއުމަށް ފަހު ވަގުތުން ކަސްރަތު ކޮށްފިނަމަ އެމީހާގެ ސަރުބީ ވިރުވާދިނުމުގެ މަސައްކަތް ލަސްވެގެން ދާނެ އެވެ. ސަބަބަކީ ގޮހޮރާއި ހަޖަމުކުރުމުގެ ނިޒާމުގައި ލޭ ދައުރުވާ މިންވަރު ދަށަށް ދިއުމެވެ. މިކަމުގެ ސަބަބުން ކާނާއިން ލިބޭ ނިއުޓްރިއަންޓްސް އެކަށީގެންވާ ވަރަށް ނުލިބޭނެ އެވެ. އެހެންކަމުން ކެއުމަށްފަހު ވަގުތުން ޖިމްއަށް ދިއުން ނުވަތަ ކަސްރަތު ކުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. ކައިގެން ކަސްރަތު ކުރުމާ ދެމެދު މަދުވެގެން ދެ ގަޑިއިރުގެ އިންޓަވަލްއެއް ލިބެން ޖެހެ އެވެ. މޭވާ ކެއުން ކައި ނިންމާލުމަށް ފަހު ކޮންމެވެސް ވައްތަރެއްގެ މޭވާއެއް ކާލުމަކީ ބައެއް މީހުންގެ އާދައެކެވެ. ކެއުމަށް ފަހު ވަގުތުން މޭވާ ކާނަމަ ބަނޑުގައި ވައި ހެދި ބަނޑު ފުއްޕާގޮތް ވާނެ އެވެ. ފެތުން ފެތުމަކީ ވެސް ކެއުމަށްފަހު ދެ ގަޑިއިރެއްހާއިރު ނުވަނީސް ކުރަން ރަނގަޅު ކަމެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ ކެއުމުގެ ކުރިން ފެތުމުގެ ސެޝަން ނިންމާލުމެވެ. މިގޮތަށް ކެއުމަށް ފަހު މާގިނައިރު ނުވެ ފަތަން ފަށައިފިނަމަ ހަޖަމު ގޯސްވެ މޭ ނުބައިކުރާ ގޮތް ވެދާނެ އެވެ. ސިޑިން އެރުން ކައި ނިމިގެން ވަގުތުން މާގިނަ ސިޑިތަކުން އަރާހެދުމަކީ ވެސް ހަޖަމު ކުރުމުގެ ނިޒާމަށް ހުރަސްތައް ކުރިމަތިވާނެ ކަންތައްތަކެވެ. ބަނޑުގައިވާ ހަޖަމުކުރުމަށް ބޭނުންވާ ދިޔަ އަށް މައްސަލަތައް ކުރިމަތިވެ ބަނޑުގައި ވައި ހެދުމަކީ މިފަދަ މީހުންނަށް ދިމާވެދާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ