ރައީސް ނަޝީދު ދޫނިދޫގައި، ހެބިއަސް ކޯޕަސް އަމުރު ނެރެދެވެން ނެތްކަމަށް ކޯޓުން އަންގައިފި

00:48 ރައީސް ނަޝީދު ވަގުތުން ދޫކޮށްލުމަށް "ހެބިއަސް ކޯޕަސް" އަމުރެއް ނެރެދިނުމަށް ނަޝީދުގެ ޤާނޫނީ ޓީމުން ހުށައެޅި މައްސަލާގައި އެއަމުރު ނެރެދެވެން ނެތްކަށް އެކޯޓުން އަންގައިފި. ނަޝީދުގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިޝާން ހުސައިން ވިދާޅުވީ "ހެބިއަސް ކޯޕަސް" އަމުރު ނެރެދެވެން ނެތްކަމަށް ކޯޓުން އެންގީ މިމައްސަލާގައި އަޑުއެހުމެއްވެސް ބޭއްވުމަކާއި ނުލައި ކަމަށެވެ.
ހިޝާންވަނީ ކޯޓުން އެންގި އެންގުން މިރޭ ޓްވިޓްކުރައްވާފައެވެ.Habeas corpus submitted on behalf of President Nasheed rejected by criminal court,without a hearing. twitter.com/hisaanhussain/…— Hisaan (@hisaanhussain) March 5, 201322:40 ރާއްޖޭގެ ހާލަތު ކައިރިން ބަލަމުންދާ ކަމަށް އިންޑިއާއިން ބުނެފި. ރައީސް ނަޝީސު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ގާނޫނީ ގޮތުން ލިބެން ޖެހޭ ހުރިހާ ހައްގެއް ލިބޭނެ ކަމަށް އިންޑިއާއިން ގަބޫލު ކުރާ ކަމަށް އިންޑިއާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވޭ.
21:55 ރައީސް ނަޝީދާ ބައްދަލު ކުރަން ދާން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފި. ކޮމިޓީގެ މެމްބަރުންވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވާ އިރު ރައީސް ނަޝީދުގެ ސަލާމަތާ ރައްކާތެރިކަމާމެދު ސުވާލު އުފައްދާފައި.
19:27 ރައީސް ނަޝީދު ހައްޔަރުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް "ހެބިއަސް ކޯޕަސް" (ނަޝީދު ވަގުތުން ދޫކޮށްލުމަށް އެދި ނަޝީދުގެ ޤާނޫނީ ޓީމުން ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށައަޅައިފި
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ގެ އަމުރަކަށް
19:25 ފުލުހުންބުނީ ރައީސް ނަޝީދު ހައްޔަރުކޮށްފައިވަނީ ސީއެޗްއެސްސީ ގެ އިރުން އޮންނަ މަގުން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ކަމުގައެވެ.
19:24 މިއަދުގެ ހަމަނުޖެހުންތަކުގައި ޖުމްލަ 47 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި. ފުލުހުންބުނީ މިއަދުގެ ހަމަނުޖެހުންތަކުގައި ނޫސްވެރިންނަށްދިން ހަމަލާތަކަކީ ނާތަހުޒީބް ހަމަލާތަކެއް ކަމުގައެވެ.
19:21 ހަމަނުޖެހުންތަކުން އުފެދިގެންދާނީ ހަމަނުޖެހުންކަމަށާއި އެންމެންގެ ހައްޤުތައް ރައްކާތެރިކުރެވޭނެ ހަމައެކަނި ގޮތަކީ ޤާނޫނު ނެގެހެއްޓުންކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ. ރައީސް މިހެން ވިދާޅުވީ މީގެ ކުޑައިރުކޮޅެއްކުރިން ކުރެއްވި ޓްވިޓެއްގައިOnly the rule of law can protect the rights of all. Violence only breeds violence.— Mohamed Waheed (@DrWaheedH) March 5, 201319:16 މިއަދު ވީޓީވީގެ ކެމެރާ މަނަކަށާއި ސަންގެ ނޫސްވެރިއަކަށް މުޒާހަރާގެ ބައިވެރިންދިން ހަމަލާއަކީ ދަށުދަރަޖައިގެ ހަމަލާއެއްކަމަށް މީޑިއާ ކައުންސިލުން ބުނެފިއެވެ. މީޑިއާ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އަމަލަކީ ރާއްޖޭގެ ނޫސްވެރިކަން ފަހަތައް ޖެއްސުމަށް ބަޔަކު ހިންގާ ދަށުދަރަޖައިގެ އަމަލެއް ކަމުގައެވެ.
އަދި ނޫސްވެރިންނަށް އަމާން މާހައުލެއް ކަށަވަރު ނުވަނީ މީޑިއާ ކައުންސިލުން ނޫސްވެރިންގެ ހިމާޔަތުގައި ހިންގާ މަސައްކަތް ހުއްޓާނުލާނެކަމަށްވެސް މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.
19:12 ރައީސް ނަޝީދު ހައްޔަރުކުރި ހަބަރުތައް ދުނިޔޭގެ ބޮޑެތި ނިއުސްއެޖެންސީތަކުން ގެންދަނީ ކަވަރު ކުރަމުން Maldives ex-president arrested, to appear in court Wednesday reut.rs/WssmV1— Reuters Top News (@Reuters) March 5, 201318:59 ރައީސް ނަޝީދު ހައްޔަރުން ދޫކޮށްލަންދެން ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި އިހްތިޖާޖް ކުރުމަށް އެމްޑީޕީން ގޮވާލައިފި. އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަޝީދު ދޫކޮށްލުމަށް އެދި އިޙްތިޖާޖް ކުރަމުންދާ އާންމު ރައްޔިތުންނަށް ފުލުހުން އަނިޔާކޮށް ހައްޔަރު ކުރަމުންދާކަމަށާއި އެކަން އެޕާޓީން ކުށްވެރިކުރާކަމުގައެވެ. އަދި ފުލުހުން މިގޮތަށް ދައްކަމުންދާ ބިރަށް، އެއްވެސް ދިވެހި ރައްޔިތަކު ފަހަތަށް ނުޖެހުމަށް އެމްޑީޕީގެ ބަޔާނުގައިވަނީ ގޮވާލާފައެވެ.
މީގެ އިތުރުން " އިޙްތިޖާޖްތަކުގެ ތެރެއިން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލާކަމަށް" ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
18:56 އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ސަންގެ ނޫސްވެރިއަކަށާއި ވީ މީޑިއާގެ ނޫސްވެރިއަކަށްދިން ހަމަލާ ޑީއާރުޕީއާއި ޕީޕީއެމްއިން ކުށްވެރިކޮށްފި
18:06 މިހާރު އަނެއްކާވެސް ފުލުހުން މަޖީދީ މަގުގައި ހަރަކާތްތެރިވާން ފަށައިފި. ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން އެމެރިކާއިން ބަޔާނެއްނެރެފި
17:26 ފުރޮޅާލާފައިވާ ޕިކަޕްގެ ކުރީގެ ބިއްލޫރިގަނޑު ތަޅާލައިފި. ފުރޮޅާލާފައިވާ މިނީ ވޭންގައި މީހަކު ފެންނަންނެތް ނަމަވެސް ގިނަ އަދަދެއްގެ މުދާ ހުރިކަމަށް ސީއެންއެމް ނިއުސްޓީމުންބުނޭ
17:20 ހިފެހެއްޓި ވޭން ފުރޮޅާލައިފި. އޭގެ ތެރޭގައި މީހަކު އިންކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވޭ
17:19 މަޖީދީ މަގުންދިޔަ މިނީ ވޭނެއް ހިފަހައްޓައި އޭގެން ވައި ދޫކޮށްލައިފި. އެއްވެފައިތިބި މީހުން އެ ވޭން ހިފަހައްޓާފައިވަނީ ރެޑްވޭވްގެ ވެހިކަލެއްކަމަށްބުނެ
17:15 ސަރުކާރުގެ ނަމްބަރު ޕްލެޓް ޖަހާފައިވާ ކުޑަ ޕިކަޕެއް މުޒާހަރައިގެ ބައިވެރިން ބަންޑުން ޖަފާލައިފި. ޕިކަޕް ފުރޮޅާލާފައިވަނީ މަޖީދީމަގަށް
17:07 ސިޓީ ކައުންސިލް ސަރަހައްދުގައިތިބި ފުލުހުން އެސަރަހައްދު ދޫކޮށް ހިނގައްޖެ. ނަމަވެސް އެސަރަހައްދުގައި އަދިވެސް މީހުން އެއްވެފައި އެބަތިބި. އެސަރަހަށްދުން ގިނަ އަދަދެއްގެ ބަޔަކުވަނީ ހައްޔަރުކޮށްފައި
17:04 މާލޭ ސިޓީ ކައުންސިލް ސަރަހައްދުގައި ފުލުހުން އެމްއެންޑީއެފްގެ ވެހިކަލެއް ބޭނުންކުރަމުން އެބަގެންދޭ. ވެހިކަލް ދުއްވަން އިނީ ސިފައިންގެ މީހެއް. ނަމަވެސް ދެން އެވިހިކަލުގައިތިބީ މުޅިންވެސް އެސްއޯ ފުލުހުން
16:59 ފުލުހުންބުނީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުންނާ ދިމާލަށް ގަލާއި ފުޅިފަދަ ތަކެތި އުކަމުންދާކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަމުންދާކަމަށެވެ. އަދި މަޖީދީމަގު ސިޓީ ކައުންސިލް ކައިރި ބަންދުކޮށް، އެސަރަހައްދުގައި ތިބި މީހުން އެސަރަހައްދުން ދަރުތުކުރަމުންދާ ސަލާމަތީ ބާރުތުކުގެ ވެހިކަލްތަކަށް ގެއްލުންދީ އާއްމު ދަތުރުފަތުރުތަކަށް ހުރަސް އަޅަމުންދާތީ އެސަރައްދުން މީހުން ފޮނުވާލުމުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ފުލުހުންބުނެއެވެ.
16:57 މާލޭ ސިޓީ ކައުންސިލް ކުރިމަތީގައި ހުންނަ ކުޑަކުދިންގެ ތަކެތި ވިއްކާ ބޭބީ ވޯލްޑް ފިހާރަ ތަޅުލާފައި ހުއްޓާ އެތަން ހުޅުވަން އަންގައި އެތަން ހުޅުވައިގެން އެތާ އެތެރޭ ތިބި ބަޔަކު ހައްޔަރުކޮށްގެން ގެންގޮސްފި
16:44 މަޖީދީ މަގު ސަރަހައްދުން އިތުރު ދިހަ ވަރަކަށް މީހުން ހައްޔަރުކޮށްފި. ސީއެންއެމްޓީމުން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި މިފަހަރުވެސް އަންހެނުން ހިމެނޭކަމުގައެވެ.
16:36 ސިޓީ ކައުންސިލް ކައިރިން ދިޔަ އެމް.އެން.ޑީ.އެފްގެ އިތުރު ވެހިކަލެއްގެ ބިއްލޫރި ގަނޑު ތަޅާލާފައިވާކަމަށް ފުލުހުންބުނެފި
16:35 މުޒާހަރާގެ ބައިވެރިންގެ ތެރެއިން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކޮށްފި
16:30 ކައުންސިލް ސަރަހައްދުން 15 ވަރަކަށް މީހުން ހައްޔަރުކޮށްފި. އޭގެ ތެރޭގައި 4 އަންހެނަކުވެސް ހިމެނޭ. ހައްޔަރުކުރި އަންހެނުންނާއި ފިރިހެނުންވެސްތިބީ އެއް ޕިކަޕެއްގެ ތެރެއަށް ލާފައި
16:27 މާލޭ ސިޓީ ކައުންސިލް ސަރަހައްދުގައިތިބި މީހުން އެސަރަހައްދުން ދުރައް ޖައްސައިފި. ގިނަ އަދަދެއްގެ އެސްއޯ ފުލުހުންދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން
16:24 މޫނު ނިވައިކޮށްގެންތިބި އެސްއޯ ފުލުހުންގެ ފައުޖެއް ސިޓީ ކަންސިލް ކައިރިއަށްގޮސް އެއްވުން ރޫޅާލާނެކަމުގެ އިންޒާރުދީފި. އެސަރަހައްދުން މިހާރުވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައި
16:07 އެންސީ ޕާކް ކައިރިން ދިޔަ ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާކަމަށްވެސް ފުލުހުން ދާދިދެންމެޔަކު ބުނެފި
16:05 މާލެތެރެ ބެލެހެއްޓުމަށްޓަކައި ހަރުކޮށްފައިވާ ކެމެރާތަކަށް ބަޔަކު މީހުން ގެއްލުންދީ ކެމެރާތަކަށް ސްޕްރޭކުރަމުންދާކަން ފާހަގަކުރެވޭ ކަމަށް ފުލުހުންބުނެފި
16:04 ރޯކޮށްލާފައިވާ ސައިކަލަށް އެސަރަހައްދަށް އެއްވެފައިތިބި މީހުން ފެން އަޅާ ނިއްވާލައިފި ކަމަށް ސީއެންއެމް ނިއުސްޓީމުންބުނޭ]
16:02 މާލޭ ސިޓީ ކައުންސިލް ސަރަހައްދުން ސައިކަލެއް ގައި ރޯކޮށްލާފައިވާކަމަށް މައުލޫމާތު ލިބިއްޖެ
15:58 އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ރައީސް ވަހީދަށް އިތުބާރު ނުކުރެވޭނެކަން މިއަދު ރައީސް ނަޝީދު ހައްޔަރުކުރަން ހިންގި ހަރަކާތުން އެނގޭކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވޭ. އަދި ނަޝީދު ހައްޔަރުކޮށްފައިވަނީ ކެމްޕެއިން ދަތުރެއްގައި ފުރާވަޑައިގަންނަވަން އުޅުއްވަނިކޮށްކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވޭ
15:56 ރައީސް ނަޝީދު ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ހިލާފަށްކަމަށްބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފި. ރައީސް ނަޝީދު ވަގުތުން ދޫކޮށްލުމަށް މި ބަޔާނުގައިވަނީ ގޮވާލާފައިPresident Nasheed surrounded by SO Police twitter.com/MDPnews/status…— MDP News (@MDPnews) March 5, 201315:49 ރައީސް ނަޝީދު ހައްޔަރުކުރި ކަމުގެ ހަބަރުތައް ދުނިޔޭގެ ބޮޑެތި މީޑިއާތަކަށް އަރައިފިFormer #Maldives President Mohamed Nasheed arrested for abuse of office, police say bbc.in/165jjLp— BBC News (World) (@BBCWorld) March 5, 201315:44 ސިޓީ ކައުންސިލް ސަރަހައްދުން ތިން މީހަކު ހައްޔަރުކޮށްގެން އެސަރަހައްދަށް ދިޔަ ފުލުހުން މިހާރު އެސަރަހައްދު ދޫކޮށް ހިނގައްޖެ
15:39 ސިޓީ ކައުންސިލް ކައިރީ ތިބި މީހުންނާއި އެސަރަހައްދަށް ދިޔަ ފުލުހުންގެ ބަޔަކާއި ދެމެދުވެސް ހަމަނުހެނުން ހިނގަމުން އެބަދޭ
15:35 އަލިކިލެގެ ފާނު މަގުގައި ފުލުހުންނާއި އެމްޑީޕީގެ މެމްބަރުންނާއި ދެމެދު ހަމަނުޖެހުން ހިނގަމުން އެބަދޭ. ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރުމުން އެއްވެފައިވާ މީހުންވަނީ އަސްލަމް އެމީހުންގެ ބާރުގެ ދޮށަށް ގެންގޮސްފަ. ހަމަނުޖެހުންތަކުގައި އަލިކިލެގެ ފާނު މަގުން ބަޔަކުވަނީ ހައްޔަރުކޮށްފައި
15:31 ރައީސް ވަހީދުގެ ބޭބޭ އަލީ ވަހީދަށް ހަމަލާދިންކަން ދޭހަވާގޮތަށް ރައީސް ވަހީދު ޓްވިޓެއް ކުރައްވައިފި Assaulting my brother Ali Waheed will not help Nasheed escape justice.— Mohamed Waheed (@DrWaheedH) March 5, 201315:29 އެމްޑީޕީން މަގުމައްޗަށް ނިކުތުމަށް ރައީސް ވަހީދުގެ ހިއުމަންރައިޓްސް މިނިސްޓަރ ފާތިމަތު ދިޔާނާ ސައީދު ގޮވާލައިފި
15:26 އަލިކިލެގެފާނު މަގުން ޕެޓްރޯލް ކުރަމުންދިޔަ 4 ފުލުހަކަށް ހަމަލާދީފައިވާކަމަށް ފުލުހުންބުނޭ. ފުލުހުން ދުއްވި އެއް ސައިކަލު މިހާރުހުރީ އެސަރަހައްދަށް އެއްވެފައިވާ މީހުންގެ ބެލުމުގެ ދަށުގައި. އެސަރަހައްދަށް ސަރުކާރުގެ ނަންބޯޑް ޖަހާފައިވާ ކުޑަ ޕިކަޕެއް މަގުމެދަށް ނެރެ އޭގެން ވައި ވަނީ ދުއްވާލާފައި
15:25 އަދި ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ކޯޓުއަމުރު އޮތްކަން އެމަނިކުފާނަށް އަނގަބަހުން ދަންނަވައި ޤާނޫނީ ގޮތުން އަންގަންޖެހޭ އެންމެހައި އެންގުންތައް އަނގަބަހުން އެމަނިކުފާނަށް އެންގުމަށް ފަހުކަމަށް ފުލުހުން ބުނެއެވެ
15:24 ފުލުހުންބުނީ މިއަދުގެ 13:30 ހާއިރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެމަނިކުފާނު ގ. ކެނެރީގޭގައި ހުންނަވަނިކޮށް އެމަނިކުފާނަށް ކޯޓު އަމުރު ދެއްކުމަށްފަހު ކަމުގައެވެ. ނަމަވެސް އެމަނިކުފާނު ކޯޓު އަމުރާއި ޙަވާލުވެވަޑައިގެންފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
15:23 ފުލުހުން ނޫސް ބަޔާނެއް ނެރެފި.
15:21 އަލިކިލެގެފާނު މަގުގެ ސަރަހައްދުތައް ބަންދުކޮށްފި. އެ މަގުގައި ހުރި ގިނަ ފިހާރަތަކެއް މިހާރުވަނީ ބަންދުކޮށްފައި
15:19 މާލޭ ސިޓީ ކައުންސިލް ކައިރިން ދިޔަ އެމްއެންޑީއެފްގެ ވެހިކަލެއްގެ ބިއްލޫރިތައް ތަޅާލާފައިވާކަމަށް ފުލުހުން ބުނެފި
15:18 ނޫސްވެރިންނަށް ދިން ހަމަލާ ބްރޯޑްކާސްޓިންގ ކޮމިޝަނުންވެސް ކުށްވެރިކޮށްފި
15:15 އެމްޑީޕީގެ އަންހެނުންގެ ރޫހުން މުޒާހަރާއަށް މަގުމައްޗަށް ނިކުމެއްޖެ. އަންހެނުންގެ ރޫހުގެ މެމްބަރުން މިވަގުތުތިބީ ސޯސަން މަގުގައި އެމްޑީޕީގެ އޮފީހުގެ ކުރިމަތީގައި އިށީންދެގެން.
15:14 ރައީސް ނަޝީދާއި ދޭތެރޭ ކަންކަން ކުރަމުން ގެންދަނީ އެއްވެސް އުސޫލެއް ނެތިކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެ. ޝިފާ ވިދާޅުވީ އެމްޑީޕީގެ އަންހެނުން މިއަދު ޖަޒްބާތުގައި ޖެހޭނެކަމަށް
15:10 ރައީސް ނަޝީދު ހައްޔަރުކުރުމުގައި ނަޝީދުގެ ބޮޑީގާޑަކަށްހުރި އެމްއެންޑީއެފްގެ ސިފައިންގެ މީހާއަށް އެސްއޯ ފުލުހުން އިންޒާރު ދީފައިވާކަމަށާއި އޭނާއާށް އަނިޔާވެފައިވާކަމަށް ދެކެވޭ ވާހަކަތައް އެމްއެންޑީއެފުން ދޮގުކޮށްފި. އެމްއެންޑީއެފުންބުނީ އެފަދަ އެއްވެސްކަމެއް ހިނގާފައި ނުވާކަމަށެވެMasked Policeman warns President Nasheed's bodyguard before abducting him #Nasheedabduction twitter.com/FarahDidi/stat…— Farah Faizal (@FarahDidi) March 5, 201315:08 ރައީސް ނަޝީދުއާއި ބައްދަލުކުރުމަށް ނަޝީދުގެ ޤާނޫނީ ޓީމުން ދޫނިދޫއަށް ގޮސްފިOff to Dhoonidhoo to meet Raees Nasheed twitter.com/MariyaDidi/sta…— Mari Didi (@MariyaDidi) March 5, 201315:03 ނަޝީދު ހައްޔަރު ކުރުމާއި ގުޅިގެން މަގުމައްޗަށް ނިކުތުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ދާދި ދެންމެއަކު ނިންމައިފި
14:49 ނޫސްވެރިންނަށް ދިން ހަމަލަ މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި. އަދި އެފަދަ އަމަލުތައް ނުހިންގުމަށް ވަނީ ގޮވާލާފައި.
14:47 ރައީސް ނަޝީދު ގަވާއިދާ ހިލާފަށް ހައްޔަރުކުރިކަމަށް ބުނެ އެކަމުގެ ޝަކުވާ އދ. އަށާއި ކޮމަންވެލްތާއި އީޔޫއަށް ހުށަހަޅުއްވައިފިކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެRaees Courtah haaziru kurumuge amuruge copy dhemme lawyerunnah libuny twitter.com/MariyaDidi/sta…— Mari Didi (@MariyaDidi) March 5, 2013
14:35 ރައީސް ނަޝީދު ހައްޔަރުކުރިތާ 30 މިނިޓްވެގެންދިޔައިރުވެސް އެމަނިކުފާނާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިނުވާކަމަށް ގާނޫނީ ޓީމުން ބުނޭ.
14:34 ކޯޓް އަމުރު ނުދައްކާ ހައްޔަރުކުރާ ކޮންމެ ހައްޔަރުކުރުމަކީ ގާނޫނު އަސާސީ އާއި ގާނޫނާއި ހިލާފަށް ކަމަށް ހިސާން ވިދާޅުވެއްޖެ.
14:33 ރައީސް ނަޝީދު ހުންނެވި ތަނެއް ނޭނގޭކަމަށް ހިސާން ވިދާޅުވެއްޖެ. އޭނާ ވިދާޅުވިގޮތުގައި ކޯޓް އަމުރު ދެއްކުމަށް ފަހު ނޫނީ ހައްޔަރެއްނުކުރެވޭނެ.
14:32 ރައީސް ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރުނުކަން އެނގުނުތާ ފަސް މިނިޓުވެސް ނުވަނީސް ފުލުހުން އައިސް ނަޝީދު ހައްޔަރުކުރިކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް ހިސާން ވިދާޅުވެއްޖެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ހައްޔަރުގައި ދޫނިދުއަށް ގެންގޮސްފިއެވެ. އެމަނިކުފާނު ދޫނިދޫއަށް ގެންގޮސްފައިވަނީ 1:35 ގައެވެ.
ރައީސް ނަޝީދު ދޫނިދުއަށް ގެންދިޔަކަން ފުލުހުން ވެސް ޔަގީންކޮށްދެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ރައީސް ނަޝިދު ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ކޯޓޫން ނެރުނު އަމުރު ތަންފީޒު ކުރުމުގެ ގޮތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ