މަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނާއިބު ފުއާދު ގާސިމް އިސްތިއުފާ ހުށަހަޅުއްވައިފި

12:00މަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނާއިބު ފުއާދު ގާސިމް އިސްތިއުފާ ދެއްވުމަށް އެދި ހުށަހަޅުއްވާފައިވާނެކަން އޭނާ މިއަދު ސަން އޮންލައިނަށް ކަށަވަރުކޮށްދެއްވައިފި އެވެ.ފުއާދު މިއަދު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދަށް މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާގެ ސިޓީ ފޮނުއްވީ "ސިޔާސީ މަސްރަހުގައި އެއްބަސްނުވެވޭ ކަންތައްތަކެއް ހުރުމުން" ކަމަށާއި ޒާތީ ދިރިއުޅުމުގެ ކަންތަތައް މިވަގުތު ހުރި ގޮތުން ކަމަށެވެ. ނަމަވެސް ފުއާދު ވިދާޅުވީ އިސްތިއުފާ ގަބޫލުކުރައްވައި، ރައީސް އޮފީހުން އޭނާ އަށް އަދި އެކަން އަންގަވާފައިނުވާ ކަމަށެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު މިއަދު ވިދާޅުވީ ފުއާދު އިސްތިއުފާ ދެއްވުމަށް އެދި ސިޓީއެއް ފޮނުއްވިކަން އަދި އޭނާ އަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.ފުއާދަށް ސްޓޭޓް މިނިސްޓަރުގެ ނައިބުކަން ދެއްވާފައި ވަނީ 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ