އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމަކާ އެކު އެސްޓާސް ސްކޫލް ސީޒަން ފެއާ ހުޅުވައިފި

އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެތައް ބާވަތެއް ހިމެނޭ ގޮތަށް 100،000ރ. ގެ އަގުހުރި ސާމާނު ލިބޭ ޕްރޮމޯޝަނަކާ އެކު އެސްޓާސް ސްކޫލް ސީޒަން ފެއާ ފަށައިފި އެވެ. އެސްޓާސް ފިހާރައިގައި ކުރިއަށް ގެންދާ މި ފެއާގައި ކުރާ ކޮންމެ 100ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ދޭއިރު އެއް ލައްކަ ރުފިޔާގެ ސާމާނު ލިބޭނީ ގުރުއަތުން ހޮވޭ އެންމެ ފަރާތަކަށެވެ. އެނަސީބުވެރިޔާ އަށް ލިބޭ އެއްޗެހީގެ ތެރޭގައި ދާދި ފަހުން އެސްޓާސް އިން ތައާރަފުކުރި ސެމްސަންގް 55 އިންޗީގެ ޓީވީއަކާއި އައިމެކް ކޮމްޕިއުޓަރަކާއި އައިފޯން ފަހަކާއި އައިޕެޑް މިނީއެއް އަދި ފޯތު ޖެނެރޭޝަން އައިޕެޑެއް ހިމެނެ އެވެ. މިއީ މިޒަމާނުގެ އެންމެ ފަހުގެ ގިނަ އުފެއްދުންތަކެއް އެއް އިނާމެއްގެ ގޮތުގައި ބަޔަކު ހުށަހެޅި ފުރަތަމަ ފަހަރެވެ. ޓްރޭޑާސް ހޮޓެލް ކައިރީގައި ހުންނަ އެސްޓާސްގެ މެނޭޖަރު މުހައްމަދު ޝަހުޒަން ވިދާޅުވީ މި ފެއާ ކުރިއަށް ދާނީ ޖެނުއަރީ 1 އާ ހަމައަށެވެ. "އަޅުގަނޑުމެންގެ ފޮތްތަކަކީ އެންމެ ކޮލިޓީ ފޮތްތައް. އެކަން އާއްމުންގެ ހިޔާލު ހޯދުންތަކުން ވެސް އެނގޭ،" ޝަހުޒަން ވިދާޅުވި އެވެ. އެސްޓާސް އިން ސްކޫލް ސީޒަން ފެއާ ފަށާފައިވާއިރު، އެޕަލްގެ ގިނަ ބާވަތްތަކެއް ވެސް އެތަނުން ލިބެން ހުރެ އެވެ. އަދި ސެމްސަންގް އުފެއްދުންތައް ވެސް އަންނަނީ ވިއްކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ