އުމަރު ނަސީރު ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފި

ޕީޕިއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުމަރު ނަސީރު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އިއްތިހާދުން ކުރި ސިލްސިލާ މުޒާހަރާތަކުގައި ހަރުގަނޑެއް ބަހައްޓައިގެން ސިފައިންގެއަށް އެރުމަށް ހިތްވަރުދީ ވާހަކަ ދައްކާ ހަދާފައިވާތީއެވެ.
އުމަރު ނަސީރު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހެނދުނު 10 އެއް ޖަހާއިރަށެވެ.
އުމަރު ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަން ފުލުހުން ވެސްވަނީ ޔަގީންކޮށްދީފައެވެ.
ހަރުގަނޑު ބަހައްޓައިގެން ސިފައިންގެއަށް އެރުމަށް އުމަރު ގޮވާލައްވާފައިވާތީ ފުލުހުންވަނީ މީގެ ކުރިން ވެސް އުމަރު ނަސީރު ޕޮލިހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
އިއްތިހާދުގެ މުޒާހަރާއާއި ގުޅިގެން އުމަރު ނަސީރުގެ އިތުރުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަބުދުﷲ ޔާމީނު ވެސް ފުލުހުންވަނީ މީގެ ކުރިން ޕޮލިހަށް ހާޒިރުކޮށްފައެވެ.
ޔާމީން ހާޒިރުކޮށްފައިވަނީ ފުލުހުން މުޒާހަރާއާއި ގުޅުމަށް ހިތްވަރުދީ ވަޒީފާ ގެއްލިއްޖެ ނަމަ އެހެން ގޮތްތަކެއް ހަދައިދެއްވާނެ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި ކަމުގެ ތުހުމަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ